އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ސިޓީގެ ރައްޔިތުންގެ ހާލު ބައްލަވާއިފިއެވެ.
ބުދަ ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅި އެރުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫއަށް ނަގޫރޯޅިއެއް އަރާ ގެއްލުން ލިބުނު ހަބަރު ރައީސް ޔާމީން އެއްސެވީ ނުހަނު ހިތާމަޔާ އެކުގައި ކަމަށެވެ. އައްޑޫ ރައްޔިތުންނަން ލިބުނު ގެއްލުން ރައީސް ޔާމީން ގާތުން ބަލަމުންދާ ކަމަށް މުއާޒް ވިދާޅުވިއެވެ.
ހިތަދޫގެ ރައްޔިތުންނަން ލިބުނު ގެއްލުން ރައީސް ޔާމީން އޮޅުންފުލުވާއިފި ކަމަށް ފާހަގަކުރަމުން މުއާޒް ވިދާޅުވީ ރައީސްގެ ފަރާތުން އައްޑޫ ސިޓީގެ މޭއަރު އަބްދުﷲ ސޯދިގްގެ ފޯނަން ގުޅުއްވައި ހާދިސާގެ މައުލޫމާތު ހޯއްދެވި ކަމަށެވެ.
އެކަމާއި ގުޅިގެން ރާއްޖެއްމްވީއަށް މައުލޫމާތު ދެމުން ސޯބެ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ގުޅުއްވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުޖުތާޒް ކަމަށެވެ. ނަގޫރޯޅީގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަން ލިބުނު ގެއްލުން ފުލުނުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު ސިޓީ ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ނަގޫޜޯޅީގެ ސަބަބުން ޖުމްލަ 12 ގެއެއްގެ ފުރާޅަ އެއްލާލާފައިވެއެވެ.