Advertisement
ކ. މާލެ
|
17 މެއި 2017 | ބުދަ 22:17
މިއަދަކީ ރައީސް ނަޝީދުގެ 50 ވަނަ އުފަން ދުވަސް
މިއަދަކީ ރައީސް ނަޝީދުގެ 50 ވަނަ އުފަން ދުވަސް
ޓްވިޓަރ
ޤާސިމްގެ ޝަރުތުތައް އުވާލުން
ރައީސް ނަޝީދުގެ 50 ވަނަ އުފަންދުވަހުގެ ހަދިޔާ މިފަހަރު ކުރިމިނަލް ކޯޓުން!
ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ޝަރުތައް އުވާލުމުން އެކަމާ އުފާކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތްތައް ކާމިޔާބުވުމުގެ ޔަގީންކަން ވަނީ ލިބިފައި
ޤާސިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް އުވާލިކަން އަންގާ ވަނީ ލިޔުމެއް ފޮނުވާފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ޝަރުތައް އުވާލުމުން އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެ، އެއީ މިއަދު ލިބުނު އެންމެ ބޮޑު ހަދިޔާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

ރައީސް މުހައްމަދު ނަޝީދު އެފަދައިން ވިދާޅުވީ، ޤާސިމަށް ކޮށްފައިވާ ޝަރުތުތައް އުވާލިކަން ހާމަކުރުމާއެކު ކުރެއްވި ޓުވީޓެއްގައެވެ.

 

ބުދަ ދުވަހަކީ، އެމަނިކުފާނުގެ އުފަން ދުވަހަށްވާއިރު ރައީސް ނަޝީދު ކުރައްވާފައިވާ އެ ޓްވީޓެއްގައި ވިދާޅުވީ، ގާސިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް ކްރިމިނަލް ކޯޓުން އުވާލުމަކީ މިއަދު ލިބުނު އެންމެ އަގުހުރި ހަދިޔާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ޤާސިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް އުވާލުމާއެކު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަޤީންކަމެއް ވަނި ލިބިވަޑައިގެންފަ އެވެ.

 

 

ރައީސް މުހައްމަދު ނަޝީދުގެ 50 ވަނަ އުފަންދުވަސް މިއަދު އެތަށް ދިވެހި ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ. އެމަނިކުފާނު ޖަލުހުކުމެއެގައި ހުންނެވި ނަމަވެސް އެތައްބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހެޔޮއެދުންތައް ފޮނުވަމުންނެވެ.

 

ގާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް ބުދަ ދުވަހު އުވާލައި، އެކަން ވަނީ ލިޔުމުން ޤާސިމްގެ ޤާނޫނީ ވަކީލުންނަށް އަންގަވާފަ އެވެ. ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތު އުވާލިކަން ހާމަކޮށް، ޤާސިމް އިބްރާހިމްއަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، ރިޝްވަތު ދިނުމާއި، ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުޙުމަތުގައި ޤާސިމް ބަންދުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް މި ހިނގާ މޭ މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ޝަރުތު ތަކާކާއި އެކު ޤާސިމް ދޫކޮށްލާފައި ހުއްޓާ، އެދުވަހުގެ މުއްދަތު މަޖިލީހުގައި މައްސަލަ މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ޤާޟީ ކުރެއްވި ސުވާލަށް، މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ނުވާކަމަށް ދެންނެވިފައިވަނީ މަޢުލޫމާތުގެ ކުށަކުން ކަމަށާ، އެކަމަށް މަޢާފަށް އެދޭކަމަށްބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން 16 މޭ 2017 ގައި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ، މޭ 10 ވަނަ ދުވަހު ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް އުވާލާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް