ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ކުރާނެ ކަމަށް މޫސުމާ ބޭހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންގާރަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަަށް މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަކޮށްފައިވާކަމަށެވެ. އާއްމުގޮތެއްގައިވެސް ރާއްޖޭއަށް ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ މެދެއްހާ ތާނގަ ކަމަށާއި ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މޫސުން ވެގެންދާނީ މޫސުމީގޮތުން އާދައިގެން ހުޅަނގު މޫސުމަކަށް ކަމަށް އެއިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ވިއްސާރަކޮށްފައިވަނީ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން އިއްޔެ 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އައްޑުއަތޮޅުގެ ގަމަށް 77 މިލިލީޓަރުގެ އަދި ގދ. ކާޑެއްދޫއަށް 53 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ. އަދި އެންމެ ވައިވެސް ގަދަވެފައިވަނީ އައްޑުއަތޮޅު ގަމަށެވެ. އެއީ 39 މޭލު ބާރުމިނުގައިކަމަށް އެއިދާރާއިން މައުލޫމާތުދެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާއިރު، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ އެވެެ. އެހެންކަމުން ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެތީވެ މިދުވަސްވަރު މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެެވެ.