Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 22:55
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު
ގޫގުލް
ޙުސައިން މުޙައްމަދު ފުލުހަށް
މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި
ހާޒިރު ނުވިޔަސް މައްސަލައެއް ނެތްކަން އެންގީ ފޯނުން
ހާޒިރުކުރަން އުޅުނީ ކޮން މައްސަލައެއްގައި ކަމެއް ހާމައެއް ނުކުރޭ
ޖޭޕީގެ އިސް އެހެން ފަރާތްތައްވެސް މީގެ ކުރިން ވަނީ ފުލުހަށް ހާޒިރުކޮށްފަ

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފިއެވެ.

 

ޖޭޕީގެ ސެކެޓްރީ ޖެނެރަލް، އަޙުމަދު ސަމީރު ވިދާޅުވީ، ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމާފައިވާކަން އަންގާއިވަނީ ފޯނު މެދުވެރިކޮށް އަންގާރަ ދުވަހުގެ މެންދުރުފަހު 16:30 ހާއިރު ކަމަށެވެ.

 

"ހާޒިރުވާން އެންގީވެސް ފޯނުން. ހާޒިރު ނުވިޔަސް މައްސަލައެއް ނެތްކަން އެންގީވެސް ފޯނުން" ސަމީރު ވިދާޅުވިއެވެ.

 

ސަމީރު ވިދާޅުވީ ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރުވާން އެންގީ ކޮން މައްސަލައެއްގައިކަން ފުލުހުން ހާމަކޮށްފައި ނުވާ ކަމަށެވެ.

 

"ކޮން މައްސަލައެއްގަ ކަމެއް ވިދާޅެއް ނުވޭ. ޖުމްހޫރީ ޕާޓީގެ އެހެން މެންބަރުންވެސް ހާޒިރުކުރަމުން މި ދާފަދަ މައްސަލައެއްގަ ކަމަށް ޤަބޫލުކުރެވެނީ" ސަމީރު ވިދާޅުވިއެވެ.

 

ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމާފައިވާއިރު، އެބޭފުޅާއަކީ އިސްލާހީ މަސައްކަތުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. އިދިކޮޅު ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި، މަގުމަތީ ހަރާކަތްތަކުގައިވެސް ޙުސައިން މުޙައްމަދު ގެންދަވަނީ ބައިވެރިވެވަޑައިގެން، އިސް ރޯލެއް އަދާކުރައްވަމުންނެވެ.

 

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި އެ ޕާޓިގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޒް ގެ އިތުރުން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ފައިސަލް ނަސީމާއި، އަލީ ޙުސައިންވެސް ވަނީ އެކި ފަހަރުމަތިން ފުލުހަށް ހާޒިރުކޮށްފައެވެ. މި ބޭފުޅުން ހާޒިރުކޮށް ސިޔާސީ އެކި މައްސަލަތަކުގައި ސުވާލުކޮށްފައިވާއިރު، ޤާސިމް އިބްރާހިމް އާއި ޢަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން ވަނީ ބައެއް މައްސަލަތަކުގައި ދައުވާވެސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް