Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 21:42
ޔާމީން ރަޝިދު
ޔާމީން ރަޝިދު
ޓްވިޓަރ
ޔާމީންގެ މަރު
ނޫސްބަޔާން: ޔާމީން ރަޝީދުގެ ފޮޓޯއާ ގުޅިގެން މައާފަށް އެދެން
ޝާއިޢުކުރި ފޮޓޯ ވަނީ އާއިލާގެ އެދުމުގެ މަތިން ވެބްސައިޓުން އުނިކޮށްފައި

ވަޅިން ކޮށައި ކުދިކޮށްލާފައި އޮތް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ ހަށިގަނޑަށް ދީފައިވާ ޒަހަމްތައް ފެންނަ ގޮތަށް ރާއްޖެއެމްވީއިން ހޯމަ ދުވަހުގެ ރޭ ފޮޓޯއެއް ޝާއިޢުކުރީ، ރާއްޖޭގައި ރަހުމު ކުޑަ އަމަލުތައް ހިންގުމުގައި ހައްދު ފަހަނަ އަޅައި ގޮސްފައިވާ މިންވަރާއި މި ގައުމުގައި އަނިޔާވެރިކަން ބޮޑުވެފައިވާ މިންވަރާއި، މުޖުތަމައު އޮތް ބިރުވެރި ހާލަތު އިހްސާސްކޮށްދިނުމަށެވެ. އަދި ޔާމީންގެ ތަހްގީގު ހިންގުމަށް ބާރުއަޅައި އަދި ޔާމީންގެ އާއިލާއަށް އިންސާފު ހޯދައި ދިނުން އަވަސްކުރުވުމެވެ.  

 

މާޒީއަށް ޖެހިލާއިރު، އީވާން ނަސީމަށް ޖަލުގައި ދިން ލާއިންސާނީ އަނިޔާތަކާއި ބަޑިޖަހައި މަރާލި މީހުންގެ ކުލަ މަންޒަރުތައް މީޑިއާއިން ދައްކަނީ، އެ އާއިލާގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަކަށް ނޫނެވެ. ޖަލުގައި އޮތް އަނިޔާވެރިކަން އިހްސާސްކޮށްދިނުމަށެވެ. ގްރެފިކް މަންޒަރުތައް އެހެން ގައުމުތަކުގެ ޓީވީ ޗެނަލްތަކުގެ ޕްރައިމް ޓައިމުންނާއި ނޫސްތަކުގެ ބޭރުގަނޑުން ޖާގަދީފައި ހުރީ، އެ ފޮޓޯއިން ގެނެސްދޭ މައްސަލައަށް ގިނަ ބައެއްގެ ސަމާލުކަން ގެނައުމަށާއި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވަން ބާރު އެޅުމަށެވެ.

 

ޔާމީންގެ ފޮޓޯ ރާއްޖެ އެމްވީން އާންމުކުރިއިރު، އެ ފޮޓޯއަކީ އެހެން އެތައް ބައެއްގެ އަތަށް އަރައި، ދައުރުވެފައިވާ ފޮޓޯއެކެވެ. ރާއްޖެއެމްވީން އެ ފޮޓޯ ޝާއިޢުކުރުން ކުށްވެރިކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކިޔަމުންދާ ފާޑުކިޔުންތައް އިހްތިރާމާއެކު ބަލައިގަންނަމެވެ. ނަމަވެސް ޔާމީންގެ މަރުގެ ހަމަލާ ކުށްވެރި ނުކުރާ އެތައް ބަޔަކު، އެ މަންޒަރު ދައްކުވައިދޭ ފޮޓޯ ކުށްވެރިކޮށް ފާޑުކިޔަމުންދަނީ ހެޔޮ ނިޔަތެއްގައެއް ނޫނެވެ.  

 

ޔާމީންގެ ފޮޓޯ ވެސް ރާއްޖެއެމްވީން ޝާއިޢުކުރީ މި ޖަޒީރާ ގައުމުގެ ހާލަތާއި އޮތް ބިރުވެރިކަން އިހްސާސްކޮށް ދިނުމަށެވެ. ރާއްޖޭގައި ރަހުމުކުޑަ އަމަލުތައް ހިންގުމުގައި ހައްދުފަހަނަ އަޅައި ގޮސްފައިވާ މިންވަރާއި އަނިޔާވެރިކަން ބޮޑުވެފައިވާ މިންވަރާއި، މުޖުތަމައު އޮތް ހާލަތު ވަޒަންކޮށްދިނުމަށެވެ. އަދި ޔާމީންގެ ތަހްގީގު ހިންގުމަށް ބާރު އަޅައި ޔާމީންގެ އާއިލާއަށް އިންސާފު ހޯދައި ދިނުން އަވަސްކުރުވުމަށެވެ. މިނޫން އެއްވެސް މަގުސަދެއް ނެތެވެ. ނަމަވެސް، މި ފޮޓޯގެ ސަބަބުން ހިތްދަތި އިހްސާސްތަކެއް ކުރެވިފައިވާތީ، ޔާމީންގެ އާއިލާގެ ކިބައިންނާއި ރާއްޖެއެމްވީގެ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.

 

ޔާމީންގެ ފޮޓޯ އުނިކޮށްދިނުމަށް އާއިލާއިން އެދުމުން، އެ ފޮޓޯ ރާއްޖެ އެމްވީން ވަގުތުން އުނިކޮށްފައިވާނެ ވާހަކަ ވެސް ދަންނަވަމެވެ. 

 

ރާއްޖެއެމްވީ އަބަދުވެސް ދެމި އޮންނާނީ، އަނިޔާވެރިކަމާއި ޖަރީމާތައް އެންމެ ފުންމިނުން ތަހްގީގުކޮށް ހަގީގަތް ތިލަކުރުމުގަ އެވެ. ޔާމީން މަރާލިއިރު، އެ މައްސަލައިގައި ދައުލަތުގެ މުއައްސަސާތަކުގެ "އަނގަ" ހުޅުވާލީ ރާއްޖެއެމްވީން ކުރި މަސައްކަތުންނެވެ. ކަމާބެހޭ މުއައްސަސާތަކަށް ވުރެ ކުރިން، ޔާމީނަށް ހަމަލާ ދިން ކަމަށް ތުހްމަތުކުރެވޭ މީހުންގެ ސީސީޓީވީ ފުޓޭޖާއި ޓައިމްލައިން ރާއްޖެއެމްވީން ހާމަކުރީ، އަތުވެދާނެ ނުރައްކަލަކަށް ޖެހިލުމެއް ނެތި، ހަގީގަތް ހާމަކުރުމުގެ ނިޔަތުގަ އެވެ. ޔާމީންގެ މަރުގެ މައްސަލައިގައި އިންސާފު ލިބެންދެން، ޔާމީނަށް ދިން ލާއިންސާނީ އަނިޔާގެ ވާހަކަ "މަރުވިޔަ" ނުދީ ގެނެސްދިނުމުގައި ރާއްޖެއެމްވީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން، ޔާމީންގެ އާއިލާ އާއި ރާއްޖެއެމްވީގެ ހުރިހާ ކިޔުންތަރިންނަށް އަރުވަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
1 އޯގަސްޓް 2019 | ބުރާސްފަތި 05:09
އެނީވަން
ފޮޓޯ ފޮނުވާބަ
17 މެއި 2017 | ބުދަ 11:08
ޙަސަނު ދެފައި
މައްސަލަތައް ތަހްގީގް ކުރަނީ ތިތަނުންތަ؟
17 މެއި 2017 | ބުދަ 09:01
އީލާ
ހެދުނު ބޮޑު ގޯހުން ސަލާމަތް ވުމަށްޓަކާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާނެކަމެއްނެތް.
17 މެއި 2017 | ބުދަ 08:59
މޫސަ
ތިޔަ ނޫސް ވުޖޫދުގައި ނެތްއިރުވެސް މައްސަލަ ތައް ދަނީ ތަޙްޤީޤު ކުރަމުން އިންސާފުވެސް ލިބެމުން.
17 މެއި 2017 | ބުދަ 08:43
ދީޖާ
ރީތި ކަމުގެ ލާ،މިސާލެއް ތިޔަ ދައްކާލީ ރާއްޖެއެމްވީން ތިޔަ ކުރާ ހިތްވަރަށް ހަމަ ސާބަސް ދެން
16 މެއި 2017 | އަންގާރަ 17:43
ހަސަނު
އަބަދުވެސް ތިޔަވެރިންޖެހޭނި މާފަންއެދެން ތިޔާތަނެއްދޮރެއްބަލާނުލާ ހިތަންއެރިހާގޮތަކަންލިޔަމުންދާބައެއް މިރާއްޖެފިތުނަކުރުމުގެ މޭސްތިރިޔަކީ ތިޔަ ރާއްޖެއެމްވީ