Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 18:38
ޔާމީންގެ މަރުގެ ތަހުޤީޤަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޤާނޫނީ ވަކީލް އަލީ ޝާހު
ޔާމީންގެ މަރުގެ ތަހުޤީޤަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޤާނޫނީ ވަކީލް އަލީ ޝާހު
ފޭސްބުކް
ޔާމީންގެ މަރުގެ މައްސަލަ
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅި ކަމަށް ބުނާ ވަކީލު ގޭބަންދަށް ބަދަލުކޮށްފި
ޝާހު ގޭބަންދަށް ކޮށްފައިވަނީ ފަސް ދުވަހަށް
ޝާހަކީ ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ވަކީލް
ތަހްގީގަށް ހުރަސް އެޅަން މަސައްކަތްކުރި ގޮތެއް ފުލުހުން ހާމައެއް ނުކުރޭ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްގީގަށް ހުރަސްއެޅުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގާނޫނީ ވަކީލު ގޭބަންދަށް ބަދަލުކޮށްފި އެވެ.

އާދީއްތަ ދުވަހުގެރޭ ފުލުހުން ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ، މި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ގާނޫނީ ވަކީލު އަލީ ޝާހު (ބީޗް ހައުސް، ގއ. ވިލިނގިލި) ކަމަށެވެ.

ޝާހު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ފަސް ދުވަހަށް ޝާހު ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވާ އަލީ ޝާހުއަކީ ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ގާނޫނީ ވަކީލެވެ. ޝާހުއަކީ ޖިނާއީ، ބޮޑެތި ގިނަ މައްސަލަތަކުގައި ގާނޫނީ ވަކީލުކަން ކޮށްފައިވާ މަޝްހޫރު ވަކީލެކެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި މީގެ ކުރިން ހަތް މީހަކު ހައްޔަރުކޮށްފައި ވެ އެވެ. ނަމަވެސް، އެ ހަތް މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ބުނީ، ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، މާލޭގައި އޭނާ ދިރިއުޅެމުންދިޔަ މ. އަފްސާނާގެ ބަލައިފާސްކުރި އެވެ.

އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ވަޅިން ހަމަލާދީ މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތުގަ އެވެ. އޭނާ އަށް ހަމަލާދިނުމުގައި ބައިވެރިވި ދެ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް