ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް މީހަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.
ފުލުހުން ކޮށްފައިވާ އެ އިއުލާނުގައި ހޯދަމުންދަނީ މ. ދޮރަގަލި، އަހުމަދު ރިޔާޒު (38އ) އެވެ.
Fuluhun thahuqeeq kuramundhaa massala akaai gulhigen meehaku hoadhanee https://t.co/7sythv7nT3 pic.twitter.com/00UvqW6v2V
— Maldives Police (@PoliceMv) May 16, 2017
ފުލުހުންބުނީ، ރިޔާޒު ހޯދަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އަހުމަދު ރިޔާޒުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.