ކ. މާލެ
|
16 މެއި 2017 | އަންގާރަ 16:23
ވިލިމާލެ ފެރީ ޓާރމިނަލް: މިސަރަހައްދުން ހޯމަ ދުވަހުގެ ރޭ ވަނީ ޒުވާނެއްގެ ގަޔަށް ވަޅީން ހަމަލާދީފަ
ވިލިމާލެ ފެރީ ޓާރމިނަލް: މިސަރަހައްދުން ހޯމަ ދުވަހުގެ ރޭ ވަނީ ޒުވާނެއްގެ ގަޔަށް ވަޅީން ހަމަލާދީފަ
ގޫގުލް
ވަޅިން ހަމަލާދިނުން
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
އޭނާގެ ގަޔަށް ވަޅިން ހަމަލާދީފައިވަނީ ވިލިމާލެ، މާލެ ފެރީ ޓާރމިނަލުން ނިކުންނަނިކޮށް
ހަމަލާދީފައިވަނީ ގްރޫޕަކުން ކަމަށް މައުލޫމާތު ލިބޭ
ހަމަލާ ދިނުމަށްފަހު އެމީހުން ވަނީ ފިލާފަ، ޒަހަމްވި މީހާ ދަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން

ވިލިމާލެ، މާލެ ފެރީ ޓާރމިނަލް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަންގާރަ ދުވަހު "ރާއްޖެއެމްވީ"އަށް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވި ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ 22:00 ހާއިރު، ވިލިމާލެއިން މާލެއަށް އައި 20 އަހަރުގެ ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލުމާ އެކު އޭނާއާ އެކު މާލެ އައި އާއިލާގެ ބަޔަކު ވަނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

އޭނާއަށް ހަމަލާދިންތާ ގާތްގަނޑަށް 10 ވަރަކަށް މިނެޓްގެ ތެރޭގައި އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަރުވާ ދެމުންދިޔަ އެވެ.

އޭނާއަށް ލިބިފައިވާ ގެއްލުމާއި މިވަގުތު އޭނާގެ ހާލަތު ބެލުމަށް ރާއްޖެއެމްވީން އައިޖީއެމްއެޗްގެ މީޑިއާއަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މެޔަށާއި ބުރަކައްޓަށް ވަޅިން ވަނީ ހަމަލާދީފައިވާއިރު، ހަށިގަނޑުގެ އިތުރު ތަންތަނަށް ވެސް ހަމަލާދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވިލިމާލެ ފެރީން އާއިލާގެ ބަޔަކާ އެކު ފޭބި ވަގުތު އޭނާއަށް ހަމަލާދީފައިވަނީ ގްރޫޕްކުން ނެވެ. އެ ގްރޫޕް މީހުންތިބީ ވިލިމޭލެ ފެރީ ސަރަހައްދުގެ ސައިކަލް ޕާކު ކުރާ ސަރަހައްދުގައި ސައިކަލްގައެވެ. އަދި އޭނާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އެ މީހުން ވަނީ ސައިކަލްގަ ގޮސް ފިލާފަ އެވެ.

- ކޮމެންޓް