Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 16:19
ކުރިނބީ ވޯޓު ފޮށީގެ ނަތީޖާ އާއި ގުޅިގެން ޕީޕީއެމް މެންބަރުން ހިންހަމަނުޖެހުން ފާޅު ކުރަނީ
ކުރިނބީ ވޯޓު ފޮށީގެ ނަތީޖާ އާއި ގުޅިގެން ޕީޕީއެމް މެންބަރުން ހިންހަމަނުޖެހުން ފާޅު ކުރަނީ
މުހައްމަދު ޝަރުހާން
ކުރިނބީ ކައުންސިލް އިންތިހާބު
ކުރިނބީ ވޯޓު ފޮށި ތިން ފަހަރު ނުގުނަން: އަކްރަމް
އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ގުނި އިރު އިިންތިހާބު ކާމިޔާބު ކުރި ތިން ވަނަ ކެންޑިޑޭޓަކީ ޝާފީ
ކުރިންބީ ކައުންސިލަށް ހޮވިފައިވަނީ 2 ޕީޕީއެމް މެންބަރުންނާއި 1 އެމްޑީޕީ މެންބަރު

ހދ. ކުރިނބީ ވޯޓު ފޮށި ތިން ވަނަ ފަހަރަށް ގުނާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ކުރިނބީ ފޮށި މާލޭގައި ގުނާފައި ވަނީ ދެ ފަހަރު ކަމަށާއި ވޯޓު ފޮށި ގުނުމަށް އިތުރު ހާލަތެއް ދިމާވެއްޖެ ނަމަ ގުނަން ޖެހޭނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ، ކުރިނބީ ވޯޓު ފޮށި ގުނުމުގެ މަސައްކަތް ކުރީ އަމިއްލަ ފަރާތަކާއި އެމްޑީޕީގެ ކެންޑިޑޭޓަކު ކުރި ޝަކުވާއަކާ ގުޅިގެން ކަމަށާއި، އެއީ ވޯޓު ގުނުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މާލޭގައި ކުރިނބީ ވޯޓު ފޮށި ގުނާފައިވަނީ، މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިނބީ ވޯޓު ފޮށި، މާލޭގައި ގުނި އިރު ނަތީޖާއާ މެދު ހިންހަމަނުޖެހިގެން ޕީޕީއެމްގެ މެންބަރުންތަކެއް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މައި މަރުކަޒު، ބާޖަމާލުއްދީންގެ އިމާރަތަށް ވަދެ އަޑުގަދަކޮށްފައި ވެއެވެ. އަދި ފުލުހުން ވަނީ އެ ހަމަނުޖެހުން ހުއްޓުވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުންއެންމެ ފުރަތަމަ ނިންމީ ކުރިނބީ ކައުންސިލްގެ ނަތީޖާ އެއްވަރުވި ކަމަށ ބަލައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ކުރިނބީގެ ނަތީޖާ ސާފުކުރުމަށް ބޭނުންވާ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ބަލާފައެވެ.

އަލުން ކުރިނބީ ފޮށި ގުނިއިރު އެއް ވޯޓުގެ ތަފާތަކުން ކުރި ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީ އަށެވެ. އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އަފްރާހަށް ވެސް ކުރިނބީ ފޮށިން އިތުރަށް އެއްވޯޓު ލިބިފައިވާ ކަމަށް އާދިއްތަ ދުވަހުގެރޭ އަލުން ގުނާ ނެރުނު ނަތީޖާ ޝީޓުން ދައްކައެވެ. އަފްރާހު އާއި ޝާފީގެ އިތުރުން ދެން ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ފައްތާހު އަބޫބަކުރެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 މެއި 2017 | ބުދަ 22:47
ali
Vot foshin vot karudhas vihanee dho