Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 04:19
ރައީސް ޔާމީން އާއި ކޯލިޝަން ޕާޓްނަރު ސިޔާމް
ރައީސް ޔާމީން އާއި ކޯލިޝަން ޕާޓްނަރު ސިޔާމް
ރާއްޖެ އެމްވީ
ރައީސް ޔާމީން
މި ޒައާމަތުގައި ބޭނުންވަނީ ފާހާނަ ސާފުކުރާނެ މީހެއް: ރައީސް ޔާމީން
އެމްޑީޕީގެ ވެރިކަން ވައްޓާލި މީހުންނަށް އެމްޑީޕީއާއި ގުޅިގެން އިސްލާހެއް ނުގެނެވޭނެ
ރައީސް މައުމޫނަށް ރައްދުވާގޮތަށް ފާޑުވިދާޅުވި
ތަރައްޤީ ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ކައުންސިލްތަކަށް އިންޒާރު ދެއްވި

މި ޒައާމަތުގައި ބޭނުންވަނީ ފާހާނަ ސާފުކުރާނެ މީހެއް ކަމަށާ، މަސައްކަތް ކުރެވޭނީ އެކަހަލަ އިޚުލާސްތެރިންނާ އެކީ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަނުން ސިލްސިލާކޮށް ބާއްވަމުންދާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން، ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މެދުގައި އިޚުލާސްތެރިކަން ނެތް ކަމަށާ، އިދިކޮޅުގައި އެއްގަލަށް އަރާވަޑައިގެން ތިއްބެވީ ވިސްނުމާއި، ފިކުރުގައިވެސް ތަފާތު ބައެއް ކަމަށެވެ.

މިއަދު އިދިކޮޅުގަ އެ ތިއްބެވި ބޭފުޅުން، އޭން ކޮންމެ ބޭފުޅަކީ، ރައީސް ނަޝީދުގެ ވެރިކަމުގަ، ޤާނޫނުން ބޭރުން އެތައް ބޮޑެތި އަދަބުތަކަކާ ދުއްތުރާތަކަކާ ފުރައްސާރައާ ކުރިމަތި ލެވިފަ ތިބި ބޭފުޅުން. ދެން ކިހިނެއްތޯ އުފެދުމުގަ ތަފާތު ބައެއް، ވިސްނުމުގަ ތަފާތު ބައެއް، ފިކުރުގަ ތަފާތު ބައެއް ކޮން ގޮތަކުންތޯ ސިޔާސީ ގޮތުން އެއްގަލަކަށް އަރާނީ. ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް އެތަނުން އަނެކަކު ނުކުންނަނީ އޭނާގެ މޭގަ އަޅާ ކޮއްޕާ ވައްޓާލަން. މީ އަޅުގަނޑުމެންނަށް މީގެ ފަހުގެ ތާރީހު ދައްކާދީފަ ހުރި ކަންކަން. އެހެންވީމަ މިހާރު ކިތަންމެ ވަރަކަށް އެގަލަށް އަރާ ތިއްބަސް، އަޅުގަނޑު މިއަދުވެސް ހޯދަން ބޭނުންވަނީ މި ރައީސްގެ ޒައާމަތުގަ ފާހާނަ ސާފުކުރާނެ މީހެއް. އެއީ އަޅުގަނޑު މިއަދުވެސް ހޯދަން ބޭނުންވާ މީހަކީ. އެކަހަލަ އިޚުލާސްތެރިންނާ އެކީ މަސައްކަތް ކުރީމަ، އަޅުގަނޑަށް މަސައްކަތް ކުރެވޭނީ

އިދިކޮޅު ލީޑަރުން ތިއްބެވީ ގަނޑުކޮށް ރާއްޖެއިން ބޭރަށް އަރުވާލެއްވިގެން ކަމަށް ވިދާޅުވެ، މިޖަލްސާގައި ރައީސް މައުމޫނަށް ރައްދުވާގޮތަށްވެސް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، ޕޯޑިއަމްތަކުގައި ވަހީ އާއި ހަދީޘްގެ ވާހަކަ ދައްކަވާ ބޭފުޅުން މިއަދު ތިބީ ކޮން ހިސާބެއްގައިތޯ ސުވާލުކުރައްވާ އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މަސްތުވާ ތަކެއްޗަކީ ކޮންކަހަލަ، އިސްލާމުންގެ މައްޗަށް ކޮންކަހަލަ ހަރާން އެއްޗެއްކަން، އާޔަތާ ހަދީޘުން ވިދާޅުވެދެއްވާ، އެކިއެކި އިލްމުވެރިން، މިއަދު އެންމެ ރަނގަޅު އެމީހުންނާއެކީ، ސިޔާސީ ގޮތުން ނާޗަރަންގީ ކުޅެފަ އެއްދާން ކުރަން

ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ނުކުތް ބަޔަކަށް، އެމްޑީޕީއާއި ގުޅިގެން ޤައުމަށް އިސްލާޙު ނުގެނެވޭނެ ކަމަށެވެ.

އަޅުގަނޑުމެން އެނބުރި ދާކަށެއް ބޭނުމެއް ނޫން، އެންމެ ކަޅު ދިވެހި ތާރީކު ދުށް އެންމެ ކަޅު، ބަނަ އަނދިރި ތިން އަހަރުގެ ތާރީޚަކަށް އަޅުގަނޑުމެން ދާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ މުޅި މަދަނިއްޔާތު ސުންނާފަތި ކުރީ، އަދިވެސް އަނދައަނދާ ހުރި ތަނުގަ ހުޅުތައް ނުނިވި އެހެރީ، އަދިވެސް އަޅުގަނޑުމެންގެ ތެރޭގަ ގެއްލިފަ ހުރި މަސްލަހަތުތައް، އަދިވެސް އެހެރީ ގެއްލިފަ ހުރި މަސްލަހަތުގެ ގޮތުގަ. އެހެންވީމަ ކިހިނެއްތޯ. ކިހިނެއްތޯ އޭރުގަ އޮތް ވެރިކަން ވައްޓާލަން ނުކުތް ބަޔަކާ، އަނބުރާ އޭރުގަ ތިއްބެވި ބޭފުޅުންނާ ގުޅިވަޑައިގެން، ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް، ގެންދިއުމުގެ މަސައްކަތެއް ކުރައްވާނީ ކިހިނެއްތޯ. އެއީކީ ވާނެކަމެއް ނޫން ދެއްތޯ

މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކައުންސިލްތަކެއް ލިބުނު ނަމަވެސް، ތަރައްޤީއަށް ހުރަސްއެޅުމަށް އެ ކައުންސިލްތައް މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

ހޯމަ ދުވަހުގެރޭ އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ސަރުކާރުގެ ވެރިންނާއި، ޕީޕީއެމް ކޯލިޝަނަށް ތާއީދުކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
16 މެއި 2017 | އަންގާރަ 02:51
ގާސިމް
މަނިކުފާނު ނޫންތޯ ބޭބެގެ ފިކުރު ވިއްކައިގެން ވެރިކަމަށް އާދެވުނީމަ، ބޭބެ ބޭރުކޮއްލީވެސް......