Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 03:19
ވިލިމާލެ ފެރީ ޓާރމިނަލް: މިސަރަހައްދުން މިރޭ ވަނީ ޒުވާނެއްގެ ގަޔަށް ވަޅީން ހަމަލާދީފަ
ވިލިމާލެ ފެރީ ޓާރމިނަލް: މިސަރަހައްދުން މިރޭ ވަނީ ޒުވާނެއްގެ ގަޔަށް ވަޅީން ހަމަލާދީފަ
ގޫގުލް
މާރާމާރި
ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
އޭނާގެ ގަޔަށް ވަޅިން ހަމަލާދީފައިވަނީ ވިލިމާލެ، މާލެ ފެރީ ޓާރމިނަލުން ނިކުންނަނިކޮށް
ހަމަލާދީފައިވަނީ ގްރޫޕަކުން ކަމަށް މައުލޫމާތު ލިބޭ
ހަމަލާ ދިނުމަށްފަހު އެމީހުން ވަނީ ފިލާފަ، ޒަހަމްވި މީހާ ދަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން

ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

 

އައިޖީއެމްއެޗް ސަރަހައްދުގައި ހުރި މީހަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުންބުނީ އޭނާ އެސަރަހައްދުގައި ހުއްޓައި އައިޖީއެމްއެޗަށް ޒަހަމްކޮށްލާފައިވާ ޒުވާނެއް ވެއްދުމަށްފަހު އެމެޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.

 

އޭނާ ބުނީ އައިޖީއެމްއެޗަށް އޭނާ ގެނައިއިރު، ފެންނަ ފެނުމަށް ބުރަކަށީގެ ދެ ތިން ތަނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފަ އެވެ. އަދި އެޒަހަމްތަކާއި ގުޅިގެން ވަރަށް ގިނައިން ލޭ އަންނަމުންދާ ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެނައިއިރު އޮތީ ބެޑްޝީޓެއް ކަހަލަ އެއްޗެއް އެނާގެ ހަށިގަނޑުގައި އޮޅާލާފައި ކަމަށެވެ.

 

މައުމޫތު ދިން މީހާ ބުނީ އޭނާއަކީ ބަލާބެލުމަށް 18 ވަރަކަށް އަހަރުގެ ޒުވާނެއް ކަމަށް ލަފާކުރެވޭ ކަމަށާއި އޭނާއަށް ހަމަލާދީފައިވަނީ ވިލިމާލެ ފެރީން ފޭބި ވަގުތު، އޭއީ ގާތްގަނޑަކަށް ހޯމަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވިލިމާލެ ފެރީން އާއިލާގެ ބަޔަކާއެކު ފޭބި ވަގުތު އޭނާއަށް ހަމަލާދީފައިވަނީ ގްރޫޕްކުން ނެވެ. އެ ގްރޫޕް މީހުންތިބީ ވިލިމޭލެ ފެރީ ސަރަހައްދުގެ ސައިކަލް ޕާކު ކުރާ ސަރަހައްދުގައި ސައިކަލްތަކުގަ އެވެ. އަދި އޭނާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އެ މީހުން ވަނީ ސައިކަލްގަ ގޮސް ފިލާފަ އެވެ.

 

މިމައްސަލައާ ގުޅިގެން ފުލުހުންބުނީ އެފަދަ ހާދިސާއެއް ހިނގައިގެން ފުލުހުން އެމައްސަލައިގެ މައުލޫމާތު ސާފު ކުރަމުންދާ ކަމަށާއި މިވަގުތު އިތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް