ކ. މާލެ
|
16 މެއި 2017 | އަންގާރަ 00:51
ދަތުރުވެރިންތަކެއް ދިވެހި އުފެއްދުންތަކެއް މާލެ ގެނެސް ލޯކަލް މާރުކޭޓް ސަރަހައްދުގައި ވިއްކަނީ
ދަތުރުވެރިންތަކެއް ދިވެހި އުފެއްދުންތަކެއް މާލެ ގެނެސް ލޯކަލް މާރުކޭޓް ސަރަހައްދުގައި ވިއްކަނީ
އަޒުމޫން އަހުމަދު
ރޯދަ މާރުކޭޓް
ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ
 
5 ޖުލައިގައި ތަން ހުސްކޮށް ހަވާލު ކުރަންޖެހޭ
 
މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ 27 މެއި ގައި

މާލޭގެ ހުޅަނގު ފަރާތު ބަނދަރު ސަރަހައްދުގައި ހަމައެކަނި ދިވެހި އުފެއްދުންތައް ވިއްކޭނެ ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކޮށް އެތަނުގައި ތަކެތި ވިއްކުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެގްރިކަލްޗަރ މިނިސްޓްރީން ނިންމައިފިއެވެ.

މިގޮތުން ވަގުތީ މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ދަނޑުވެރިންގެ ގްރޫޕްތަކުން ސިޓީއަކުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމިނިސްޓްރީން ވަނީ އާއްމުކޮށް އިއުލާން ކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ،  މާރުކޭޓުން ޖާގަ ދިނުމުގައި އިސްކަންދެވޭނީ އެންމެ ގިނަ އަދަދެއްގެ ދަނޑުވެރިން މިކަމަށް އެދި ހުށައަޅާ ރަށްތަކަށް ކަމުގައެވެ. އެގޮތުން ސިޓީ ހުށަހަޅާއިރު، ވޭތުވެދިޔަ ރަމަޟާންމަހު އެރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މި އަހަރު މިމާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ 27 މެއި 2017 ގައި ކަމަށާއި، އަދި 5 ޖުލައި 2017ގެ 18:00ގެ ކުރިން ތަން ހުސްކޮށް މި މިނިސްޓްރީއާ ހަވާލު ކުރަން ޖެހޭނެ ކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފައިވެއެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ:

  • ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ތާޒާ، މޭވާ އާއި ތަރުކާރީ ކަމުގައިވުމާއި،

  • ރާއްޖޭގެ ދަނޑުވެރިން ނުވަތަ ދަތުރުވެރިން މާރުކޭޓްގައި ތަކެތި ވިއްކުމާއ،

  • ކޮންމެ ރެއަކު ތަކެތި ވިއްކާ ނިމުމުން ގޮޅީގައި އުފެދޭ ކުނިތައް ކަނޑައަޅާ ތަނަކަށް ކުނިތައް ޖަމާކޮށްފައި ބެހެއްޓުން ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފައިވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ފާހަގަ ކުރާ ގޮތުގައި ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަނޑުވެރިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ދަނޑުވެރިކަމުގެ ތަފާތު ގިނަ އުފެއްދުންތައް އުފައްދާ ދުވަސްވަރެކެވެ. އަދި މީގެ ތެރެއިން ބޮޑު ބައެއް މާކެޓް ކުރެވެނީ މާލެއަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް