Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 23:29
މުސްތަފާ: މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލިއްޖެ ކަމަށް ވަނީ ވިދާޅުވެފައި
މުސްތަފާ: މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލިއްޖެ ކަމަށް ވަނީ ވިދާޅުވެފައި
ގޫގުލް
މެމްބަރ މުސްތޮފާ
ރައީސް ޔާމީނަށް މެޖޯރިޓީ ގެއްލިއްޖެ، މިނިވަން މުއައްސަސާތަކުން މިނިވަންކަމާއެކު ބާރަށް ކުރިއަށް ދާންވީ:މުސްތަފާ
މުސްތޮފާ ވިދާޅުވީ އެއްވެސް މިނިވަން މުއައްސަސާއެއްގެ ވެރިއަކު ދެން ވަކި ނުކުރެވޭނެ ކަމަށް
ފަނޑިޔާރުން ދެން ބިރުގަންނާނެ ކަމެއް ނެތް: މުސްތޮފާ
ރައީސް ޔާމީން އުޅުއްވަނީ މެންބަރުންނަށް އޮޅުވާލައްވައިގެންކަން މިހާރު މެންބަރުންނަށް އެނގިއްޖެ

ރައްޔިތުންގެ މަޖީލީހުގެ މެޖޯރިޓީ ރައީސް ޢަބްދުﷲ ޔާމީނަށް ގެއްލިއްޖެ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ވެރިން މިނިވަންކަމާއެކު ބާރަށް ކުރިއަށްދާންވީ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓް ތަކެއްގައެވެ.

މުސްތަފާ ކުރެއްވި އެއް ޓްވީޓްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީންއަށް ގެއްލިއްޖެ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ވެރިން މިނިވަންކަމާއެކު ބާރަށް ކުރިއަށް ދާންވީ ކަމަށެވެ. އަދި އެކަކަވެސް ވަކި ނުކުރެވޭނެ ކަމަށެވެ.

މުސްތަފާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ރައީސް ޔާމީން އުޅުއްވަނީ މެންބަރުންނަށް އޮތް މެންބަރުންގެ ބާރު އޮޅުވާ ލައްވައިގެން ކަން މެންބަރުންނަށް ވިސްނިއްޖެ ކަމަށެވެ. އަދި ފަނޑިޔާރުންވެސް މިހާރު ބިރުގަންނާކަށް ނުޖެހޭނެ ކަމަށް މުސްތަފާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް މުސްތަފާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ރައްޔިތުންނަށް އުފާވެރިކަން ލިބެނީ ސަރުކާރުގެ ވަކިތަކުން ރާއްޖޭގެ ފަނޑިޔާރުގެ މިނިވަން ވުމުން ކަމަށާއޮ އިރާދަ ކުރެއްވިއްޔާ އެކަން ވެއްޖެ ކަމަށެވެ.

މުސްތަފާ މިޓްވީޓްތައް ކުރައްވާފައި މިވަނީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރަކު އިދިކޮޅު ޕާޓީއަކާ ގުޅިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޕީޕީއެމް ޕީޖީ ތެރޭގައި މެންބަރުންގެ ޚިޔާލު ތަފާތުވުން އުފެދިފައިވާކަމަށް އަޑު ފެތުރޭ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ނިމިދިޔަ ލޯކަލް ކައުންސިލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބޮޑުތަނުން ބަލިވެފައިވާއިރު އެކަން އެހެން ވެގެން ދިޔައީ ސަރުކާރާއި ޕާޓީގެ ކަންތައް ހުރިގޮތުން ކަމަށް ޕީޕީއެމްގެ ބައެއް އިސްވެރިންވެސްވަނީ ވިދާޅުވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް