Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 21:52
އިންތިހާބީ މަރުކަޒުގައި ފުުލުހުން ހަރަކާތްތެރިވަނީ
އިންތިހާބީ މަރުކަޒުގައި ފުުލުހުން ހަރަކާތްތެރިވަނީ
ޓްވިޓަރ
ކައުންސިލް އިންތިހާބު
ކުރިނބީގެ ވޯޓު ފޮށީގެ ނަތީޖާ އާއި މެދު ހިންހަމަ ނުޖެހިގެން ޕީޕީއެމްގެ ސަޕޯޓަރުން އީސީއަށް ވަދެއްޖެ
ކުރިނބީގެ ނަތީޖާ މީގެ ކުރިން އެއްވަރުވެފައިވާކަމަށް އީސީ ހާމަކުރި
ފަހުން ވޯޓު ފޮށި ގުޅި އިރު އެމްޑީޕީ ކައުންސަލަށް ވަނީ އެއް ވޯޓު އިތުރުވެފައި
ޕީޕީއެމްގެ މެމްބަރުން ގެންދަނީ، ކޮމިޝަންގެ ތެރޭގައި އަޑުގަދަކުރަމުން

ހދ. ކުރިނބީ ވޯޓު ފޮށީގެ ނަތީޖާއާއި މެދު ހިތްހަމަނުޖެހިގެން ޕީޕީއެމްގެ މެމްބަރުން އިލެކްޝަންސް ކޮމިޝަނަށް ވަދެއްޖެ އެވެ.

 

ޕީޕީއެމްގެ މެމްބަރުން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މައި މަރުކަޒު، ބާ ޖަމާލުއްދީންގެ އިމާރަތަށް ވަދުމާއެކު، ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި ރުޅިގަދަވެފައިވާ ޕީޕީއެމްގެ މެމްބަރުން، ދުރަށްޖެއްސުމަށް ފުލުހުން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ފަހުން، ފުލުހުން ވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީންގެ ހަމަނުޖެހުން ހުއްޓުވާފަ އެވެ. 

 

އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އަފްރާހަށްވެސް ކުރިނބީ ފޮށިން އިތުރަށް އެއްވޯޓު ލިބިފައިވާ ކަމަށް އާދިއްތަ ދުވަހުގެރޭ އަލުން ގުނާ ނެރުނު ނަތީޖާ ޝީޓުން ދައްކައެވެ. އަފްރާހު އާއި ޝާފީގެ އިތުރުން ދެން ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ފައްތާހު އަބޫބަކުރެވެ.

 

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މެމްބަރުން ރުޅިގަދަވީ، އެމްޑީޕީގެ ކެނޑިޑޭޓަށް އިތުރަށް ލިބުނު ވޯޓު ނުދައްކާ ކަމަށް ބުނެ އެވެ. އަދި އެ މީހުން އިލެކްޝަންސް ކޮމިޝަނަށް އަންގަމުންގެންދިޔައީ އެ ވޯޓު ކަރުދާސް ކޮޅު ދެއްކުމަށެވެ. 

 

އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޝާފީގެ އިތުރުން އެމްޑީޕީގެ އެހެން ކެންޑިޑޭޓެއް ކަމުގައިވާ އަހުމަދު މުޖުތަބާ އާއި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް އާސިފަށް ލިބިފައި ވަނީ 218 ވޯޓެވެ. އެހެންކަމުން އާދިއްތަ ދުވަހުގެރޭ އަލުން ކުރިބީ ފޮށި ގުނިއިރު، ޝާފީއަށް އިތުރަށް އެއްވޯޓު ލިބުމުން އެއަދަދު 219 އަށް އިތުރުވެފައިވާކަމަށް ދައްކައެވެ.

 

އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އަފްރާހަށްވެސް ކުރިނބީ ފޮށިން އިތުރަށް އެއްވޯޓު ލިބިފައިވާ ކަމަށް އާދިއްތަ ދުވަހުގެރޭ އަލުން ގުނާ ނެރުނު ނަތީޖާ ޝީޓުން ދައްކައެވެ.

 

އަފްރާހު އާއި ޝާފީގެ އިތުރުން ދެން ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ފައްތާހު އަބޫބަކުރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 މެއި 2017 | ހޯމަ 17:41
Hasan
"Vadhumaa eku" mi ee kon bahaku beynun kuraa lafuzeh baa? Dhivehi bahugai kiyanee "vanumaa eku" mihen. Dhivehi bas neyn'gey iru ves dhivehi bahun noosverikan kuran eba ulheyey dhoa.
15 މެއި 2017 | ހޯމަ 17:37
Hasan
Ithuruvi vote karudhaaskolhu vakin en'geyne gotheh onnaanebaa. Gamaaras e ee boduvaru.