Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 20:50
ޔާމީން މަރާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ދެ މީހުން
ޔާމީން މަރާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ދެ މީހުން
ރާއްޖެ އެމްވީ
ޔާމީން މަރާލުން
ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފިން: ފުލުހުން
ޔާމީން މަރާލި މައްސަލައިގައި މިހާތަނަށް ހަތް މީހުން ވަނީ ހައްޔަރުކޮށްފައި
ޔާމީން މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތު
ޔާމީން މަރާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ދެ މީހުންގެ މައުލޫމާތު ފުލުހުން އާންމުނުކުރޭ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު (ޗަނބޭލީގެ/ ސ.ފޭދޫ، 29އ) މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މަރާލި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ހަތް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި އެކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވިގެން، އާންމުކޮށްފައިވާ ފޮޓޯތަކުގައި ފެންނަކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހިމެނޭކަން ޔަގީންކޮށްދޭ ކަމަށެވެ.

 

މި މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުމާ ތަހްގީގުގައި ޝާމިލްވާ ހުރިހާ ފަރާތެއްގެ އިހްލާސްތެރި އަދި ބުރަ މަސައްކަތުން މި ތަހުގީގު ކާމިޔާބުކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

 

މީގެއިތުރުން ފުލުހުން ބުނީ މި ރަހުމު ކުޑަ އަމަލު ހިންގުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، މާލޭގައި އޭނާ ދިރިއުޅެމުންދިޔަ މ. އަފްސާނާގެ ބަލައިފާސްކުރި އެވެ.

 

އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ވަޅިން ހަމަލާދީ މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތުގަ އެވެ. އޭނާ އަށް ހަމަލާދިނުމުގައި ބައިވެރިވި ދެ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް