މައިލޯ ޕްކެޓްތަކުގެ ހޮޅި ޕްލާސްޓިކް ހޮޅިން ކަރުދާސް ހޮޅިއަށް ބަދަލުކޮށްފިއެވެ.
މައިލޯ ޕެކެޓްތަކުގެ ހޮޅި ކަރުދާހަށް ބަދަލުކުރުމާއި އެކު މައިކޯ ޕެކެޓްތަށް ވެގެން ގޮސްފައި މިވަނީ ޕެކެޓްގައި ބަންދުކޮށްގެން ވިއްކާ ބުއިންތަކުގެ ތެރެއިން ޕްލާސްޓިކް ހޮޅި ކަރުދާސް ހޮޅިއަށް ބަދަލުކޮށް ރައްޖޭގައި ވިއްކޭ ފުރަތަމަ ބުއިމަށެވެ.
މައިލޯ އިން ވަނީ އެކުންފުނިން ވިއްކާ ޕެކެޓްތަކުގެ ހޮޅި ކަރުދާހަށް ބަދަލުކޮށްފައި މިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކޮށް ވީހާވެސް ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަސްޓަމަރުންނަށް ޚިދުމަތް ފޯރިކޮށްދިނުމުގެ ގޮތުން ކަމަށް ފާހަގަކޮށްފައެވެ. މައިލޯ ޕެކެޓްތަކަކީ މިހާރު 100 އިންސައްތައް ރީޔޫސަބަލް ޕެކެޓެވެ.
މިވަގުތު ބާޒާރުގައި ޕްލާސްޓިކް ހޮޅިއާއެކު ހުރި ޕެކެޓުތައް ހުރި ނަމަވެސް، މަސް ދުވަހުގެ ތެރޭގައި އެ ޕެކެޓުތައް ހުސްވާނެ ކަމަށާއި އެއާކު ދެން ބާޒާރުން ކަރުދާސް ހޮޅިއާއެކު ނޫނީ ޕެކެޓް ނުލިބޭނެ ކަމަށް މައިލޯ އިން ފާހަގަކުރެއެވެ. ނަމަވެސް ޕްލާސްޓިކް ހޮޅިއާއެކު ދެން ޕެކެޓް ސަޕްލައި ނުކުރާނެ ކަމަށާއި ރާއްޖެއަށް މައިލޯގެ ޕެކެޓްތައް ހޯލްސެއިލް އަދި ރީޓެއިލް ކުރާ އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑް އަދި ލިލީ އެންޓަޕްރައިޒަސް އިން ޖޫން އެއް ވަނަ ދުވަހުން ފެށިގެން މައިލޯ ޕެކެޓް ސަޕްލައި ކުރާނީ ހަމައެކަނި ކަރުދާސް ހޮޅިއެވެ.
މައިލޯ އަކީ ރާއްޖޭގައި ހުރިހާ އުމުރުފުރާއެއްގެ މެދުގައިވެސް މަގުބޫލު ބުއިމެކެވެ.