ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޗެއާރމަން އަލީ ޚާލިދު އާއި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފުއާދު މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، 14 މޭ އިން ފެށިގެން ވެމްކޯގެ ޗެއާމަން އަލީ ޚާލިދާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު މަގާމުން ވަކިކޮށްފައިވާކަމަށެވެ.ނިޒާރުގެ ޓްވީޓްގައި އެބޭފުޅުން މަޤާމުން ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ
Effective 14 May 2017, PCB has dismissed Chairman Ali Khalid and Managing Director Ibrahim Fuad from WAMCO's board of directors
— Mohamed Nizar (@nixaar) May 14, 2017
ވެމްކޯގެ ޗެއާމަންކަމުން އަލީ ޚާލިދު ވަކިކޮށްފައިވާއިރު ފާއިތުވި ހަފްތާގައި އޭނާ ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ މަގާމުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ.