Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 00:19
ފުލުހުންނާއި އެއާރޕޯޓް ކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ފުލުހުންނާއި އެއާރޕޯޓް ކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އެއާޕޯޓްގެ ހިދުމަތްތައް
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
މިއީ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް އެއްބަސްވި އެއްބަސްވުމެއް

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު މެމޯރަންޑަމް އޮފް އަންޑަރސްޓޭޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

 

މިކަމަށްޓަކައި އާދިއްތަ ދުވަހު މެންދުރު ފަހު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސް ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދިލް މޫސާއެވެ.

 

އާދިއްތަ ދުވަހު ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން ފުލުހުންނާއި އެމްއޭސީއެލް ދެމެދު ޕްރޮފެޝަނަލް ގުޅުން މިހާރަށްވުރެ ބަދަހިވެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ސްޓްރެޓީޖިކަލީ އަދި އޮޕަރޭޝަނަލީ އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ފުލުހުން ބުނެއެވެ. އަދި ދެ ފަރާތުން ހިންގާއެކިއެކި ތަމްރީން ޕްރޮގްރާމްތަކުގައާއި ކުރާ މަސައްކަތްތަކުގެ އެހީތެރިކަން ފޯރުކޮށް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެމްއޯޔޫ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާއު އާއި އައިލްސް އެކި ފެކަލްޓީތަކުގެ އިސްވެރިންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް