ކ. މާލެ
|
14 މެއި 2017 | އާދީއްތަ 23:23
މުސްތަފާ: ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވޭ
މުސްތަފާ: ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވޭ
ގޫގުލް
ޕީޕީއެމްގެ ކޯޅުން
ސާބަހޭ މެންބަރުން، ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހަމަބިމަށް ތިރިވާން: މުސްތަފާ
ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހަމަޔާ އިންސާފަށް ރުޖޫއަވާން
ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަނީ މެންބަރުން. ބާރު އޮތީ މަޖިލީހުގައި
މެންބަރުން ވަނީ ރައްޔިތުންގެ ޝަކުވާތައް ރައީސަށް ހިއްސާ ކުރައްވާފައި

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި މެންބަރުން އެގޮތުގައި ހިފަހައްޓަވައިފިނަމަ ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހަމަ ބިމަށް ތިރިވެވަޑައިގަތުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

 

މުސްތަފާ މިހެން ވިދާޅުވީ މުލިއާގޭގައި ޕީޕީއެމްގެ މެންބަރުންނާއެކު ރައީސް ޔާމީން ބޭއްވި ބައްދަލުވުމެއްގައި ކަންހިނގާދިޔަ ގޮތްކަމަށް ވިދާޅުވެ އެކަމަށް އިޝާރާތް ކުރައްވާ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓް ތަކެއްގައެވެ.

 

މުސްތަފާ ކުރެއްވި އެއް ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުލިއާގޭގައި ބޭއްވި މީޓިންއެއްގައި 2018 އަށް އެއްވެސް ގޮންޖެހުމެއް ނެތްކަމަށާއި އެކަކުވެސް ދޫ ނުކުރައްވާނެ ކަމަށް ރައީސް ޔާމީން އެޕާޓީގެ މެންބަރަކަށް ޖަވާބު ދެއްވަމުން ވިދާޅުވި ކަމަށެވެ.

 

 

އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް މެންބަރުން ކުރިމަތީގައި ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ގޮތް ދޫކުރައްވަން ކަމަށާއި އެމަނިކުފާނު ވެރިކަމުގައި ބަހައްޓައިގެން އުޅެނީ ހަމައެކަނި މެންބަރުން ކަމަށެވެ. އަދި ހުރިހާ ބާރެއް އޮތީ މަޖިލީހުގައި ކަމަށް މުސްތފާ ވިދާޅުވި އެވެ. 

 

 

އެބައްދަލުވުމުގައި މެންބަރުން ދެއކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި މުސްތަފާ ކުރެއްވި އެހެން ޓވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެންބަރުންނަށް ސާބަސް ދަންނަވާ ކަމަށާއި ރައީސް ޔަމީނަށް ޖެހިވަޑައިގަންނަވާނީ ހަމަޔާއި އިންސާފުގެ މަގަށް ރުޖޫއަވެވަޑައިގަތުމަށް ކަމަށެވެ. އަދި އެގޮތުގައި ހިފަހައްޓާލީމާ ހަމަބިމަށް ތިރިވެދާނެ ކަމަށް މުސްތަފާ ވިދާޅުވެފައި ވެއެވެ.

 

 

މުސްތަފާ މިގޮތައް ޓްވީޓް ތަކެއް ކުރައްވާފައިވާއިރު ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުލިއާގޭގައި އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތަކާއި ޝަކުވާތައް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ކަމަށާއި މި ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަތް ކަމަށްވެ އެވެ.

 

ރައީސް ޔާމީން އެ މެންބަރުން ހިއްސާ ކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކާޑުގެ އަގަށް އައި ބަދަލާއި ކަރަންޓުގެ އަގު ބޮޑުކުރުން ކަމަށެވެ. އަދި ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ބައެއް ތަކުލީފްތަކާއި އުނދަގޫތައް ވެސް ރައީސް ޔާމީނާ ހިއްސާ ކުރެއްވިކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ސަރުކާރުގެ މުވައްޒަފުން ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަކީ މެމްބަރުން ކަންބޮޑުވާ ކަމެއް ކަމެއް ކަމަށާއި އެކަން ހުއްޓުވަން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

- ކޮމެންޓް