Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 20:57
ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައީސް އޮފީސް
ޤާނޫނުތައް ބާތިލްކުރުން
ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު
ރައީސް މައުމޫނު އެފަދައިން ވިދާޅުވެ ޓުވީޓްކުރެއްވިއިރު، ހަމައެފަދަ މޭރުމަކުން ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޓުވީޓް ކުރައްވާފަ
ނަޝީދު ވިދާޅުވީ، ދެކޮޅު ނުޖެހޭ ކޯޓް ނިންމުން ތަކަށް ރައްޔިތުން އަދި މަޖިލިސް މެމްބަރުން ވެސް ޖެހިލުމެއް ނުވާނެ ކަމަށް
ޤާނުނު އަސާސިގެ މާއްދާތަކެއް ބާތިލްކުރުމަށް ބަންޑާރަ ނައިބްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅަފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ

ޤާނޫނުތައް ހެދުމާއި، ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުއް ޤައްޔުމް ވިދާޅުވެއްޖެ އެވެ.

 

ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޤާނޫނުތައް ހެދުމާއި، ޤާނޫނުތަކަށް އުނިއިތުރު ގެނައުމާއި، ބާތިލްކުރުމަކީ ޤާނޫނު އަސާސީން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށެވެ. އޭގެއިތުރުން އިތުރު އެއްޗެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

 

 

ރައީސް މައުމޫނު އެފަދައިން ވިދާޅުވެ ޓުވީޓްކުރެއްވިއިރު، ހަމައެފަދަ މޭރުމަކުން ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޓުވީޓް ކުރައްވާފަ އެވެ. ރައީސް ނަޝީދު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެކޮޅު ނުޖެހޭ ކޯޓް ނިންމުން ތަކަށް ރައްޔިތުން އަދި މަޖިލިސް މެމްބަރުން ވެސް ޖެހިލުމެއް ނުވާނެ ކަމަށާއި ގުޅިފައިވާ ސިޔާސޫ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބުކުރާނެ ކަމަށެވެ.

 

 

ކުރީގެ ދެ ރައީސުން އެފަދައިން ޓުވީޓް ކުރައްވާފައިވާއިރު، ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ނުނެގޭގޮތަށް، ޤާނޫނު އަސާސިގެ މާއްދާތަކެއް ބާތިލްކުރުމަށް ބަންޑާރަ ނައިބްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅަފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލްތަކެއް ލިބިފައެއް ނުވެއެވެ،

 

ޤާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން، ވަޒީރުންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅައި، އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ ވަޒީރެއްގެ ވަޒީރުކަމުގެ މަޤާމު ގެއްލިގެންދާނެ އެވެ.

 

ރާއްޖެޓީވީއަށް އެނގިފައިވާގޮތުގައި ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ތިން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ތައްޔާރުވަމުން އަންނަކަން އެނގިފައިވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް