Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 18:23
ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޕޯޑިއަމެއްގައި - އެމަނިކުފާނު ވަނީ ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޕޯޑިއަމެއްގައި - އެމަނިކުފާނު ވަނީ ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
ފޭސްބުކް
ނަޝީދުގެ ފާޑުކިޔުން ކޯޓުތަކަށް
ދެކޮޅު ނުޖެހޭ ކޯޓް ނިންމުތަކަށް ރައްޔިތުން ޖެހިލުމެއް ނުވާނެ: ނަޝީދު
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބުކުރައްވާނެ ކަމަށް
ރައީސް ނަޝީދު އެގޮތަށް ވިދާޅުވިއިރު، ސުޕްރީމް ކޯޓަށް ސަރުކާރުގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވޭ
ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ، އިތުބާރު ނެތް ކަމުގެ ވޯޓުތައް ފާސްކުރުމަށް 57 މެމްބަރުންގެ ވޯޓް ހަމަކުރެވިފައިވާކަމަށް

ދެކޮޅު ނުޖެހޭ ކޯޓް ނިންމުންތަކަށް ރައްޔިތުން ޖެހިލުމެއް ނުވާނެ ކަމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

މިހާރު ލަންޑަންގައި ހުންނެވި ރައީސް ނަޝީދު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެކޮޅު ނުޖެހޭ ކޯޓް ނިންމުން ތަކަށް ރައްޔިތުން އަދި މަޖިލިސް މެމްބަރުން ވެސް ޖެހިލުމެއް ނުވާނެ ކަމަށާއި ގުޅިފައިވާ ސިޔާސޫ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބުކުރާނެ ކަމަށެވެ.

 

 

އެމަނިކުފާނު އެފަދައިން ވިދާޅުވެ ޓުވީޓްކުރެއްވިއިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އަދި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ގުޅުންހުރި ދުސްތޫރީ މައްސަލައެއް ސަރުކާރުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފަ އެވެ.

 

ސްރީލަންކާގައި ހުންނަވާ ރާއްޖެޓީވީއާ ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަތައް ފާސްކުރުމަށް 42 މެމްބަރުންގެ ވޯޓުގެ އިތުރުން 57 މެމްބަރުންގެ ވޯޓް ހަމަކުރެވިފައިވާ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަތައް ކާމިޔާބުކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް