Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 17:41
އެޗްއާރްސީއެމްގެ ބައެއް މެންބަރުންނާއެކު ޝިފާގު މުފީދު
އެޗްއާރްސީއެމްގެ ބައެއް މެންބަރުންނާއެކު ޝިފާގު މުފީދު
ރައީސް އޮފީސް
ޝިފާގު މުފީދު
އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!
ކޮމިޝަނުން އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް
ކޮމިޝަނުން އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވޭ

ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް) އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް، އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ޝިފާގު މުފީދު ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފި އެވެ.

 ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވި ގޮތުގައި ޝިފާގު އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމީން ސޮއިކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ސިއްކަ ޖައްސަވައި ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، ހުރިހާ ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެވެނި މަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެމަނިކުފާނަށް ވާގިވެރިވެ އެހީތެރިވުމަށް، މިނިސްޓާރ އޮފް ސްޓޭޓް ކަމަށް ޝިފާގު މުފީދު އައްޔަން ކުރެއްވުމަށް ގަސްދުކުރައްވައި، އެ މަގާމަށް އޭނާ އައްޔަން ކުރައްވާ ކަމަށެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިފާގު ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ކޮމިޝަނުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ޝިފާގު ވިދާޅެއް ނުވެ އެވެ.

އެޗްއާރްސީއެމް އަށް 2015 ވަނަ އަހަރު އައްޔަންކުރި ޝިފާގް އެ ކޮމިޝަނުން އިސްތިއުފާ ދެއްވި އިރު ކޮމިޝަންގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން މީގެ ކުރިން ވާހަކަ ދައްކަވާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 މެއި 2017 | އާދީއްތަ 14:48
ކަލޯ
އަހަރުމެންނަށް އިނގޭ ކުރީގަވެސް ތިކުޅެންއުޅޭ ކުޅިގަނޑު. އެސޮރަކީ ވަލިއްޔުލް އަމުރުގެ ބެސްޓްބަޑީއެއް. ކުރީގަވެސް އިނގޭ ތިކަންވާނީ ތިހެންކަން. ދުލުން ހިތުހުރިހާ އެއްޗެއް ބުނަންކެރެންޏާ އޯކޭ. އެވަރިހަމަ އައުގުރާނަކަމަށްވިޔަސް. ތިވަރުން ދަންޏާ ކިޔަވައިގެން ތިބިމީހުންނަށް ދޭނެ އެއްޗެއް ނޮއޮންނާނެ. މި ވަރަށް ބައިވަރު ވާހަކަ. ހީކުރަން އަންޑަސްޓޭންޑްވާނެ ކަމަށް.