Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 17:08
ލ ގަމު، މަތިމަރަދޫ
ލ ގަމު، މަތިމަރަދޫ
ގޫގުލް
އަލިފާނުގެ ހާދިސާ
ލ. ގަމު ގަރާޖެއްގައި ރޯވެ ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 ގައި
މިހާދިސާގައި ތިން ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި

ލ. ގަމު، މަތިމަރަދޫ އަވަށުގެ ޖަރާޖެއްގައި ރޯވެ ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލ. އަތޮޅު މަތިމަރަދޫ އަވަށުގެ އައްސޭރިގޭ ގަރާޖުގައި ހޮނިހިރު ދުވަހުގެ ރޭގެ 03:00 ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މިހާދިސާގައި ގަރާޖުގައި ހުރި ތިން ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ބައެއް ނޫސްތަކުގައިވާގޮތުން މި ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވަނީ ގަމު ޕޮލިސް ސްޓެޝަންގައި މަސައްކަތް ކުރާ ފުލުހަކާއި އޭނާގެ ބޭބެ އަދި ބޭބެގެ އަންހެނުންގެ ސައިކަލެވެ.

އެ މައްސަލަ ފުލުހުންދަނީ ބަލަމުންނެވެ. ނަމަވެސް ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް