Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 16:49
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ޕާސްޕޯޓް ހިފަަހެއްޓުން
ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި
ޕާސްޕޯޓް ހިފަަހެއްޓިކަން އެނގިވަޑައިގަތީ ފުރަން ވަޑައިގަތުުމުން
ފާރިސްގެ މައްޗަށް ފުލުހުން ވަނީ ތުހުމަތުތަކެއް ކޮށްފަ
އިމިގްރޭޝަނުގެ ބަހެއް ނުލިބޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފާރިސްގެ އަރިސްބޭފުޅަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަުމުން ވިދާޅުވީ ފާރިސްގެ ޕާސްޕޯޓް ހިފަހެއްޓިކަން އެނގުނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އާދިއްތަ ދުވަހު އެއާޕޯޓަށް ވަޑައިގެން ޗެކްއިން ވީ ފަހުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފާރިސް ވަޑައިގަންނަވަން އުޅުއްވީ އިންޑިއާ އަށެވެ. ފާރިސް ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމް މިހާރު ވެސް ހުންނެވީ އިންޑިއާގަ އެވެ.

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފައިވެ އެވެ.

ފާރިސްގެ މައްޗަށް އެ ތުހުމަތުތައް ކޮށްފައިވާއިރު، ފާރިސްއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ދެ ބޭފުޅެއްގެ ގެޔަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާފާސްކޮށްފައިވެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަނުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް