Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 16:37
ކައުންސިލް އިންތިހާބުގެ ވޯޓު ގުނަނީ
ކައުންސިލް އިންތިހާބުގެ ވޯޓު ގުނަނީ
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ
ކައުންސިލް އިންތިހާބު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު
ލޯކަލް ކައުންސިލް އިންތިހާބުގައި 653 ކައުންސިލަރުން އިންތިހާބު ކުރޭ
ވަގުތީ ނަތީޖާ ދައްކާގޮތުން، ކައުންސިލްތަކުގެ މެޖޯރިޓީ ނަގާފައިވަނީ އެމްޑީޕީން

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމާލައިފި އެވެ.

 

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އިއުލާނުކޮށްފައިވަނީ ވަގުތީ ނަތީޖާގެ އެންމެ ފަހު ނަތީޖާތަކެވެ. އެގޮތުން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ވަނީ ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިންމާލައިފަ އެވެ. 

 

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިންމާފައިވާ އިރު އަންގާރަ ދުވަހުގެ ވަގުތީ ނަތީޖާގައި 21 ދާއިރާއެއްގެ ނަތީޖާ ވަނީ އިއުލާނުކޮށްފަ އެވެ. އިއުލާންކޮށް ނިންމާލި ނަތީޖާތައް ދައްކާ ގޮތުންވެސް އިންތިހާބުގެ ބޮޑު އިންސައްތައެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީއެއްގެ މެޖޯރިޓީ ނަގައި، އެންމެ ގިނަ ކައުންސިލްތަކުގެ ކޮންޓްރޯލް ނަގައިފަ އެވެ. 

 

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންނާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.

 

މިއިންތިހާބުގައި 1497 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓްލުމުގެ ހައްގު 255،987 މީހުންނަށް ލިބިފައިވީ ނަމަވެސް އިންތިހާބުގައި ވޯޓްލާން ނިކުމެފައިވަނީ ނިސްބަތުން މަދު އަދަދެކެވެ. ކައުންސިލް އިންތިހާބުގައި ވޯޓްލުމަށް 422 ވޯޓް ފޮށި ބެހެއްޓުނު އިރު މިއިންތިހާބަށް ހާއްސަކޮށްގެން 431،939 ވޯޓް ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފަ އެވެ.

 

އާއްމު އިންތިހާބުތަކާއި ބެހޭ ގަވައިދުގައި  ބަޔާންކޮށްފައިވާ ގޮތުން އިންތިހާބުގެ ރަސްމީ ނަތީޖާ 14 ދުވަހުގެ ތެރޭގައި އިއުލާނު ކުރަންޖެހެ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއިލާނުކޮށް ނިންމާލެވިފައިވަނީ 8 ދުވަހުގެ ތެރޭގަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް