Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 12:49
މާލޭގެ ލޯކަލް މާރުކޭޓް: ރޯދަމަހު އެންމެ ބާރުބޮޑު ސަރަހައްދު
މާލޭގެ ލޯކަލް މާރުކޭޓް: ރޯދަމަހު އެންމެ ބާރުބޮޑު ސަރަހައްދު
އަޒުމޫން އަހުމަދު
ރޯދަ މަސް
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
އަލުވި ބަސްތާއެއް 220.00ރ އަށް، ވަކިން ކިލޯއެއް 10.00ރ އަށް
ފިޔާ ބަސްތާއެއް 170.00ރ އަށް، ވަކިން ކިލޯއެއް 08:00ރ އަށް
ބިސް ކޭހެއް 270.00ރ އަށް، ވަކިން ބިހެއް 1.50ރ އަށް

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން އަލުވި ފިޔާ އަދި ބިސް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ ސުޕަމާކެޓުން ބުނީ މިއަހަރުގެ ރޯދަ މަހުވެސް އަލުވި، ފިޔާ އަދި ބިސް ހޯލްސޭލްކޮށް އަދި ރީޓެއިކޮށް ވިއްކަމުންދާނެ ކަމަށެވެ.

ފަހަކަށްއައިސް ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން އަންނަނީ އަލުވި، ފުޔާ އަދި ބިސް ރާއްޖެ އެތެރެކޮށް ހެޔޮއަގުގައި ވިއްކަމުންނެވެ.

އެސްޓީއޯ ސުޕަމާޓުން ވަނީ އަލުވި، ފިޔާ އަދި ބިހުގެ އަގު ވެސް އާއްމުކޮށްފަ އެވެ. އެގޮތުން އަލުވި ބަސްތާއެއް 220.00ރ އަށް ލިބޭއިރު، ވަކިން އަލުވި ކިލޯއެއް ވިއްކަނީ 10.00ރ އަށެވެ. ފިޔާ ބަސްތާއެއް 170.00ރ ރުފިޔާއަށް ވިއްކާއިރު، ފިޔާ ކިލޯއެއް ވިއްކަނީ 08.00ރ އަށެވެ. ބިސް ކޭހެއް 270.00ރ ވިއްކާއިރު، ވަކިން ބިހެއް ވިއްކަނީ 1.50ރ އަށެވެ.

އާއްމުކޮށް ބާޒާރުމަތީގައި ރޯދަ މަހު އެންމެ އަގު ބޮޑުވާ ތަކެތީގެ ތެރޭގައި އަލުވި، ފިޔާ އަދި ބިސް ހިމެނެއެވެ. މީގެ ކުރިން ބައެއް ރޯދަމަހު އެތަކެއްޗަށް ތާށިވެ، ވަރަށް ބޮޑަށް އަގުބޮޑުވެފައި ވެސް އެބަ ހުއްޓެވެ. އެގޮތުން އަލުވި އަދި ފިޔާ ބަސްތާއެއް 500.00ރ އަށް ވުރެން މައްޗަށް އަރާއިރު، ބިސް ކޭހެއް 800.00ރ. އަށްވުރެ މައްޗަށްވެސް އަރާފައި އެބަހުއްޓެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް