Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 08:45
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މެމްބަރު އިބްރާހީމް ހަސަން ވާހަކަ ދައްކަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މެމްބަރު އިބްރާހީމް ހަސަން ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީޕާޓީތައް
42 އަށްވުރެ އިތުރުވެސް ވެއްޖެ، އަނިޔާވެރިވެރިކަން ނިންމާނަން:އިބްރާހީމް ހަސަން
މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ ކަންކަން ބަރާބަރަށް ކުރިއަށް ދާކަމަށް
ކަންކަން ކުރިއަށް މި ގެންދަނީ ހިކުމަތްތެރިކަމާއެކު
ރައީސް ޔާމީން އިސްތިއުފާ ދެއްވަން ޖެހޭ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާކަންކަން ބަރާބަރަށް ކުރިއަށްދާ ކަމަށާއި ހަމަ ކުރަންޖެހޭ 42 މެމްބަރުންނަށް ވުރެ އިތުރަށްވެސް މެމްބަރުން ހަމަ ކުރެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމް ހަސަން ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަސައްކަތް ކުރަމުންދަނީ ވަރަށް ކެތްތެރިކަމާއި ހިކްމަތްތެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދާނަން. ވަރަށް އުފާވެރިކަމާއެކު މިދަންނަވަނީ އަޅުގަނޑުމެންނަށް 42 މެމްބަރުންނަށް ވުރެ މެމްބަރުން އިތުރުވެއްޖެއޭ. އެހެންނަމަވެސް ވަގުތާއި ހާލަތަށް ބަލާފަ މަޖިލިސް ރިސެސްގަ އޮތީމައާއެކު އަޅުގަނޑުމެން ކެތްތެރިކަމާއެކު، އަޅުގަނޑުމެންގެ ލީޑަރުންގެ އިރުޝާދާއެކު އަޅުގަނޑުމެން މިގެންދަނީ ހިކްމަތްތެރިކަމާއެކު، ދިވެހި ގައުމުގައި ހަމަނުޖެހުމެއް ނޫފެދޭނެގޮތަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުން،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި މިކަން ނިންމާނީ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސްފައި ކަމަށް އިބްރާހީމް ހަސަން ވިދާޅުވި އެވެ.  

އޭނާ ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އޭނާ ނިސްބަތްވާ ތޮއްޑޫ ދާއިރާއިން މި ސަރުކާރަށް ލިބުނީ "ސުމެއް" ކަމަށެވެ. މި އިންތިހާބުގައި ދިވެހި ރައްޔިތުން މިވަނީ އަނިޔާއާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނެފައި ކަމަށެވެ. އެހެންވެ، ރައީސްކަމުގެ މަގާމުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ދެއްވުމަށް ވެސް އިބްރާހީމް ހަސަން ވަނީ ގޮވާލައްވާފަ އެވެ.

"ދަންނަވަންތޯ، ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒު ބަންދުކުރިޔަސް، އެމްޑީޕީގެ ހަރުގެ ބަންދުކުރިޔަސް އަދި އަދާލަތު ޕާޓީގެ އޮފީސް ބަންދުކުރިޔަސް އަޅުގަނޑުމެންދާނީ ކުރިއަށް، ބާރަށް ކުރިއަށް،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

އިބްރާހީމް ހަސަން ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނާ ދޭތެރޭ އެއްވެސް ހިތްބުރަ ކަމެއް ނެތްކަމަށާއި އޭނާ އަދި  ދިވެހިރައްޔިތުން ވެސް ވޯޓް ދީފައިވަނީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 މެއި 2017 | އާދީއްތަ 09:35
ޝައްކު
ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިވިކަން މިއޮތީ އެނގެން.. އެކަމަކު މަޖިލިސް ލިބިއްޖޭ ކިޔާފަ ތި ދައްކާ ވާހަކަތާކާއި، ކިޔާ ޅެންފަރިހިތަކުގެ ޙަޤީޤީ މަންޒަރެއް ނުފެނޭ މިހާރުދެން ހީވާކަހަލަ ހަމަ 2018 ގެ އިންތިޚާބު ޖެހެންދެން މި ލަވައެއް ކިޔާލަ ކިޔާލާ އިދިކޮޅު ފަރާތްތަކުން ތިބޭނީއޭ... އހ