Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 00:20
ރައީސް ނަޝީދު: އެމްޑީޕީއާ ގުޅުނު ކައުނސިލަރަށް ވަނީ މަރުހަބާ ވިދާޅުވެފައި
ރައީސް ނަޝީދު: އެމްޑީޕީއާ ގުޅުނު ކައުނސިލަރަށް ވަނީ މަރުހަބާ ވިދާޅުވެފައި
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބުގެ ނަތީޖާ
އެމްޑީޕީއާ ގުޅުނު ވާދޫގެ އަމިއްލަ ކެނޑިޑޭޓަށް ރައީސް ނަޝީދާއި ހަސަން ލަތީފް މަރުހަބާ ވިދާޅުވެއްޖެ
ޕީޕީއެމުން ކާމިޔާބު ކުރި އެއްވެސް ކެނޑިޑޭޓަކަށް ރައީސް ޔާމީން މަރުހަބާ ވިދާޅެއް ނުވޭ
އަމިއްލަ ގޮތުން ކާމިޔާބު ކުރި އެއްވެސް ކެނޑިޑޭޓެއް އަދި އެހެން ޕާޓީއަކާ ނުގުޅޭ

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެމްޑީޕީއާ ގުޅުނު އަމިއްލަ ކެނޑިޑޭޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް މަރުހަބާ ވިދާޅުވެއްޖެއެވެ.

 

އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ހުކުރު ދުވަހު އެމްޑީޕީއަށް ސޮއިކުރެއްވީ ގދ. ވާދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އަބްދުﷲ ރުޝްދީއެވެ.

 

ޢަބްދުﷲ ރަޝީދަށް ރައީސް ނަޝީދާއި ހަސަން ލަތީފް މަރުހަބާ ވިދާޅުވެފައިވާއިރު އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސްުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މަރުހަބާ ވިދާޅުވެފައެއް ނުވެއެވެ.

 

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން 252 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އޭގެ ތެރެއިން 101 ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށް ދައްކައެވެ.

 

ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކާމިޔާބު ހޯއްދެވި ކެންޑިޑޭޓަކު އެމްޑީޕީއަށް ސޮއިކުރެއްވިއިރު، އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި ގިނަ ކެންޑިޑޭޓުންނަކީ ޕީޕީއެމް ފިކުރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ކަމަށް ރައީސް ޔާމިންގެ ފެކްޝަނުން ބުނެފައިވެއެވެ.

 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވި އެހެން އެއްވެސް ކެންޑިޑޭޓެއް އެއްވެސް ޕާޓީއަކަށް ސޮއިކުރިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް