Advertisement
ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 22:06
އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ވެހިކަލް ބުރު
އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ވެހިކަލް ބުރު
ރާއްޖެއެމްވީ
ކާމިޔާބީ ފާހަގަކުރުން
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
ކުޅުދުއްފުށީ ރަށުކައުންސިލްގެ 5 ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައި
ވެހިކަލް ބުރުގެ އިތުރުން ބޮނޑިބަތް ކެއުމެއްވެސް ވަނީ ބާއްވާފައި
ގިނަ ބަޔަކު ވަނީ ބައިވެރިވެފައި

ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށިން އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީގައި އެމްޑީޕީން ވެހިކަލު ބުރެއް ބާއްވައިފި އެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޓިކެެޓްގައި ވާދަކޮށް ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އަލީ ހާޝިމް ވިދާޅުވީ ކުޅުދުއްފުށީގެ ބަންޑާރަ މައިދާނުން 4:30 ގައި ފެށި މި ވެހިކަލު ބުރުގައި ގިނަ އަދަދެއްގެ ވެހިކަލްތަކާއި ޢާއްމު ރައްޔިތުން ބައިވެރިވެފައިވާކަމަށެވެ.  ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ވެހިކަލްބުރު ނިންމާލީ 5:30 ގައި އެވެ.

 

އަލީ ހާޝިމް ވިދާޅުވީ މި ވެހިކަލް ބުރުގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން އެމްޑީޕީއާސް ތާއީދުކުރި ޕީޕީއެމާއި އަދާލަތު ޕާޓީގެ މެންބަރުންގެ އިތުރުން ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

 

މި ވެހިކަލް ބުރުގައި ސައިކަލް ގެ އިތުރުން ކާރާ، ޕިކަޕުވެސް ވަނީ ބައިވެރިވެފަ އެވެ. އޭގެ އިތުރުންވެސް އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހުކުރުދުވަހުގެރޭ 9:00 ގައި ބަންޑާރަ މައިދާނުގައި ބޮނޑިބަތް ކެއުމެއްވެސް ވަނީ ބާއްވާފައެވެ.

 

ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްގެ 5 ގޮނޑި އަދި އަތޮޅު ކައުންސިލް 1 ގޮނޑި އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އަތޮޅު ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރުމަށްފަހު އިންތިޚާބުގެ ކުރިން އެމްޑީޕީއާ ގުޅިފައިވާ ކެނޑިޑޭޓެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް