Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 23:35
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
މުހައްމަދު ޝަރުހާން
އިންތިހާބްގެ ކާމިޔާބީ
ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް
އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމުން ހިންގޭނީ ކައުންސިލްތައް ބާރުވެރިކޮށްގެން
ރައީސް ޔާމީންގެ ސިޔާސަތުތަކަށް ރައްޔިތުން ތާއިދެއް ނުކުރޭ
ް ކައުންސިލްތަށް ބާރުވެރިކަން ހޯދައިދިނުމަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަން ޖެހޭ

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ކުރަމުންދާ މަސައްކަތް ކާމިޔާބުކުރުމުން ކައުންސިލްތަކަށް ބާރުވެރިކަން ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

 

ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތުގައި ބައިވެރިވަޑައިގަތުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ގޮނޑިތައް ކަށަވަރުކުރި ކައުންސިލަރުންނަން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ކައުންސިލްތަށް ބާރުވެރިކަން ހޯދާދިނުމަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުވެރިކަން ނަގާފައިވާކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުން ގަބޫލުކުރާ ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގޭނީ ކައުންސިލްތައް ބާރުވެރިކޮށްގެން ކަމަށެވެ.

 

ދިވެހި ރައްޔިތުން ރައީސް ޔާމީންގެ ސިޔާސަތުތަކަށް ރައްޔިތުން ތާއިދު ނުކުރާކަން ނިމިގެން އިންތިހާބުގެ ނަތީޖާއިން އެނގިގެން ހިގަންޖެ ކަމަށެވެ. ސަރުކާރުން މާލެ އާއި ހުޅުމާލެ ތަރައްޤީކުރުމަށް ވިސްނާ އުސޫލުން އަތޮޅުތެރޭގެ ރަށްތައް ވެސް ތަރައްޤީކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތަށް ފުލުހުން ހުރަސް އަޅަނީ 

އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓުންނަން ވޯޓް ދިނީ އަދުލުއިންސާފްގެ ނިޒާމް ހަރުދަނާ ކުރުމަށާއި، ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ކުރާ މަސައްކަތަށް ތާއިދުކޮށްދިން ވޯޓެއް ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

 

އެހެން ދުވަސްތަކަކޭ އެއްގޮތަށް މިއަދު ވެސް އެމްޑީޕީ ހަރުގެ ކުރިމަތީގައި ސައި ތައްޔާރުކުރުމުން ފުލުހުން ވަނީ މަގުމަތީގައި ސިޔާސީ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ހުރަސް އަޅާފައެވެ. މަގުމަތީގައި ސިޔާސީ ހަރަކާތްތައް ނުހިންގޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް ފާއިތުވި ދުވަސްތަކުގައި ސަރުކާރު ހިންގާ ޕީޕީއެމަށް އެ ފުރުސަތު ފުލުހުން ދީފައި ވެއެވެ. އަދި މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނުދެނީ ހަމައެކަނި އިދިކޮޅު ފަރާތްތަކަށް ކަން ފާހަގަކޮށްލަންޖެހެއވެެ.

މި ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުން ބައިވެރިވިއިރު، އަތޮޅުތެރޭގެ ރަށްތަކުގެ ހަރުގޭގެ ތަކުގައި ވެސް ވަނީ ކާމިޔާބް ފާހަގަކުރުމަށް ހަރަކާތަށް ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް