Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 16:00
އަލީމް ސިވިލް ކޯޓުން ކުރި ޖޫރިމަނާގެ ފައިސާ ދައްކަނީ
އަލީމް ސިވިލް ކޯޓުން ކުރި ޖޫރިމަނާގެ ފައިސާ ދައްކަނީ
ރާއްޖެ އެމްވީ
އަލީމް ފުލުހަށް ހާޒިރުކުރުން
އަލީމް، ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ސިވިލް ކޯޓުން ހުށައެޅި މައްސަލައަކާއި ގުޅިގެން
އަލީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 އަށް
ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން އަލީމް ހުންނެވީ ހަނު
އަލީމްގެ މައްޗަށް ކުރަނީ ކޯޓުގެ ހުކުމަތް ކެނޑިކަމުގެ ތުހުމަތު

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އަދާމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ސިވިލް ކޯޓުން ފުލުހުންނަށް ހުށައެޅި މައްސަލައެއްގެ ތަހުޤީޤަށް ކަމަށް އޭނާ ބުނެފި އެވެ.

 

އަލީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 އަށެވެ. އަދި އަލީމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ބަޔާނެއް ނެގުމަށެވެ. ނަމަވެސް އޭނާ ހުންނެވީ ހަނުކަމަށް އަލިމް ވިދާޅުވި އެވެ.

 

އަލީމް ވިދާޅުވީ، ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކުރީ، ސިވިލް ކޯޓުން ފުލުހުންގެ އިދާރާއަށް ހުށައެޅި މައްސަލައަކާއި ގުޅިގެންކަމަށެވެ. އަދި އޭނާގެ މައްޗަށްކޮށްފައިވަނީ ސިވިލް ކޯޓުންވެސް ކޮށްފައިވާ ތުހުމަތުކަމަށް އަލީމް ވިދާޅުވި އެވެ.

 

އަލީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރިއިރު، ސިވިލް ކޯޓުން ވަނީ ހަމަ އެ ތުހުމަތުގައި އަލީމްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުކޮށް 85000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

 

އަލީމްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ދައުވާ އުފުލާފައި، އެ ދުއުވާ އެނާގެ މައްޗަށް ސާބިތުކޮށްފައި ވަނީ، ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމަކަށް ތަބާ ނުވެ، އެ ހުކުމާ ޚިލާފަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ އެވެ.

 

އެ ދައުވާގައި ބުނެފައި ވަނީ، "އެ މައްސަލަ އަކީ ޕީޕީއެމާ ގުޅޭ ގޮތުން މީގެކުރިން އެ ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި، އަދި ކިޔަމަންވުމެއް ނެތި، އެ ހުކުމާ ޚިލާފުވާގޮތަށް ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި އެ ޕާޓީގެ މެމްބަރުން ވަކިކޮށް ހަދާފައި ވަނީ ކޯޓުގެ ހުކުމަކީ އެއަށް މީސްތަކުން ތަބާވާން ނުޖެހޭ އެއްޗެއް ކަމަށް ބެލެވޭ ބެލެވުން" ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
13 މެއި 2017 | ހޮނިހިރު 08:58
މާނު
Laarikolhu husvandhen jurimana kuraane. feyrumaky haraam kameh dhw?