ކ. މާލެ
|
12 މެއި 2017 | ހުކުރު 14:03
ދައުލަތުގެ ޓެކްސް އިދާރާ، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައި
ދައުލަތުގެ ޓެކްސް އިދާރާ، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައި
އަޒުމޫން އަހުމަދު
ދައުލަތަސް ލިބުނު އާމްދަނީ
އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ
 
ޖީއެސްޓީގެ ގޮތުގައި 658.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ
 
މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖާއި ރެމިޓެންސް ޓެކްސްގެ ގޮތުގައި
 
މީރާއަށް މިދިޔަ މަހު ލިބިފައިވާ އާމްދަނީ ވަނީ 26.5 ޕަސެންޓް އިތުރުވެފައި

އޭޕްރީލް މަހު، ޓެކްސްގެ ގޮތުގައި، މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) އަށް، 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

 

ދައުލަތުގެ ޓެކްސް އިދާރާއިން ބުރާސްފަތިދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖާއި ރެމިޓެންސް ޓެކްސް އަދި ޓޫރިޒަމް ބޭނުންތަކަށް ވިއްކި ބިމަށާއި އަދި ޓޫރިޒަމް ބޭނުމަކަށް ބަދަލުކުރި ބިމަށް ދެއްކި ފައިސާއިންނެވެ.

 

ޖީއެސްޓީގެ ގޮތުގައި 658.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނުއިރު ބީޕީޓީގެ ގޮތުގައި 85.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

 

މީރާއަށް މިދިޔަ މަހު ލިބިފައިވާ އާމްދަނީ ވަނީ 26.5 ޕަސެންޓް އިތުރުވެފައެވެ. އެއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 10.4 ޕަސެންޓްގެ މަތީ އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް