Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 12:35
އޭސީސީގެ ގައުމީ މަހާސިންތާ ނިންމުމުގެ ހަފްލާގެ ތެރެއިން
އޭސީސީގެ ގައުމީ މަހާސިންތާ ނިންމުމުގެ ހަފްލާގެ ތެރެއިން
ގޫގުލް
އެންޓި ކޮރަޕްޝަން މަހާސިންތާ
އެގާރަ ކަމަކަށް އިގުރާރުވެ އޭސީސީގެ ގައުމީ މަހާސިންތާ ނިންމާލައިފި
އޭސީސީގެ ގައުމީ މަހާސިންތާ ބާއްވާފައިވަނީ މިމަހުގެ 10 އިން 11 އަށް
ދިވެހި ރާއްޖޭގެއަކީ ކޮރަޕްޝަން ނެތް ތަނަކަށް ހެދުމަށް، ދައުލަތުގެ އިސްވެރިންނަށް ގޮވާލުމަށް ފާސްކޮށްފައިވޭ
ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ

އެގާރަކަމަކަށް އިގުރާރުވެ އެންޓި ކަރަޕްޝަން ކަމިޝަނުން ކުރިއަށްގެންދިޔަ، އެންޓި ކޮރަޕްޝަން ގައުމީ މަހާސިންތާ ނިންމާލައިފިއެވެ.

 

އެންޓި ކޮރަޕްޝަން ގައުމީ މަހާސިންތާ  ނިންމާފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް މުއައްސަސާތަކުގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ގޮވާލާ އެކުލަވާލާފައިވާ ގަރާރެއް ބައްދަލުވުމުގެ ބައިވެރިން ފާސްކުރުމަށް ފަހުގައިކަމަށް އޭސިސީން ބުނެއެވެ.

 

އޭސީސީން ބުނީ ދިވެހި މުޖްތަމަޢަކީ އިސްލާމީ ރިވެތި ސިފަތަކާއެކު ތަރައްގީކޮށް ކޮރަޕްޝަނާ ފަސާދައަށް އެއްވެސް ފުރުސަތެއްނުދޭ ނަޒާހަތެރި ބަޔަކު ދިރިއުޅޭ މުޖްތަމަޢަކަށް ހެދުމަށް ދައުލަތުގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި މަތިކުރެވިފައިވާ ފަރާތަކަށް ގޮވާލައި، ގައުމީ މަހާސިންތާގެ ރަސްމީ އިގްރާރު މަހާސިންތާގެ ހުރިހާ ބައިވެރިން ފާސްކޮށްފައިވާކަމަށެވެ. މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މަހާސިންތާގެ ބައިވެރިންނަށާއި، ސްޕޮންސަރުންނަށާއި، ކަރުދާސް ހުށަހެޅުއްވި ދައުލަތުގެ މުޢައްސަސާތަކަށާއި، އެކިގޮތްގޮތުން މަހާސިންތާގައި އެހީތެރިވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލަޔާއި، ލިޔުން ހަވާލުކުރައްވާފައިވެއެވެ.

 

މިމަހާސިންތާ ނިމުން ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، ކޮރަޕްޝަނަކީ ވަރަށް ގިނަ ނުބައި ކަންކަން އޭގެތެރޭގައި ހިމެނިފައިވާ، އިޖްތިމާޢީ އަދި ދީނީ ބަލިމަޑު ކަމެއްކަމަށެވެ. ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ދެނެގަނެވިފައި އޮތްކަމަށް ގަބޫލުކުރަން ފަސޭހަނޫންކަމަށާއި ހާމަކަން ބޮޑުގޮތެއްގައި ހުރިހާ އިދާރާތަކުންވެސް މަސައްކަތް ކޮށްފިނަމަ ކޮރަޕްޝަންގެ އަމަލުތައް ނުހިނގާނެކަމަށެވެ.

 

އޭސީސީގެ ގައުމީ މަހާސިންތާ ބާއްވާފައިވަނީ މިމަހުގެ 10 އިން 11 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
12 މެއި 2017 | ހުކުރު 10:02
ކަނައްކަފޫޅު
ކޮރަޕްޝަންއަކީ ކެންސަރެއް ...ކެންސަރަކަށް ފަރުވާއެއް ހޯދިފާ ނުވާހިނދު ރާއްޖޭގެ ކޮރަޕްޝަން އަޮތީހަމަ މެކުހަށް ޖަހާފަ....ސަރުކާރުގެ އެތެރެއިންނާބޭރުން.... ކާބަފައިން ބުނެ އޫޅޭ "ބޮޑުސޯބު އެނބުރޭ ގޮތަކަށޭ ކުދިސޯބު އެނބުރޭނީ" އެމަންޒަރު މިފެންނަނީ..