Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 00:09
މަސީހާ ދެކޮޅަށް ބޭއްވި މުޒާހަރާ
މަސީހާ ދެކޮޅަށް ބޭއްވި މުޒާހަރާ
ރާއްޖެއެމްވީ
މަސީގު އިސްތިއުފާއަށް ގޮވުން
މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި
މަސީހު އިސްތިއުފާއަށް ޕީޕީއެމް މެންބަރުންވެސް ވަނީ ގޮވާފައި
މަސީހާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރުންވެސް އޮތް
މަސީހު ވައުދު ނުފުއްދާ ކަމަށްވެސް ވަނީ ގޮވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދާއިރާއިން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކޮށްފިއެވެ.

ރާއްޖެ އެމްވީއަށް ދެމުން މުޒާހަރާގެ ބައިވެރިއަކު ބުނީ ބުރާސްފަތި ދުވަހު ހަވީރު ފުވައްމުލަކު މެދު ދާއިރާގެ ބޮޑެތި މަގުތަކުގައި މަސީހާ ދެކޮޅަށް މުޒާހަރާކޮށްފައި ވަނީ މަސީހްގެ އިތުބާރު ނެތް ކަމަށާއި ދެން މަސީހަށް ދޭނެ ވޯޓެއް ނެތް ކަމަށް ބުނެއެވެ. އަދި 2014 ގައި މަޖިލީހަށް ވަޑައިގަތުމުގެ ކެމްޕެއިންގައި މަސީހުގެ އެންމެބޮޑު ވައުދެއް ކަމުގައިވި ފުވައްމުލަކު މޮޑަރން ސިޓީއަކަށް ހެދުމުގެ ވައުދު ނުފުއްދައި އޮތީތީ އެކަން ވަރަށް ބޮޑަށް ފާހަގަ ކުރި ކަމަށެވެ.

އޭނާ ބުނީ އެމްޑީޕީގެ މެންބަރުންގެ އިތުރުން ގުޅިފައިވާ ޕާޓީތައްކަމުގައިވާ ޕީޕީއެމް އާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ މެންބަރުން ވެސް ބައިވެރިވި މިމުޒާހަރާގައި، ނިމިދިޔަ އިންތިޚާބުގައި މަސީހުގެ ދާއިރާއިން މަސީހަށް ނާކާމިޔާބު ވުމުން ދައްކުވައި ދެނީ މަސީހު އިސްތއުފާ ދެއްވަން ޖެހުން ކަމަށް ޝުއޫރުތަކުގައި ވާކަމަށެވެ.

މުޒާހަރާ ފަށާފައި ވަނީ ފުވައްމުލަކު ދޫނޑިގަމުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ހަވީރު 4:30 ގައި ބޭއްވި ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. އެއަށް ފަހު އެތަނަށް ހާޒިރުވި މީހުން ވަނީ މަސީހު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ގޮވާލާ ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރަން ފަށާފައެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ ނިމިދިޔަ ކައުންސިލު އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ފަލާހު ޝަރީފާއި އިދިކޮޅު އިސް ފަރާތްތަކުންނެވެ.

މުޒާހަރާގައި މަސީހަށް އިތުބާރު ނެތް ކަމަށާއި، "ނޯ ނޯ މަސީހު" އަދި "ނޯ ކޮންފިޑެންސް"، "ނޯ ވޯޓު"، "ނޯ މަސީހު" ޖަހާފައިވާ ޕޯސްޓަރުތައް ބޭނުންކޮށްފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް