Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 18:26
ޓެކްސީ ދުއްވުން
ޓެކްސީ ދުއްވުން
ގޫގުލް
ކުއްލި މަރު
ޓެކްސީ ދުއްވަން އިން ޑްރައިވަރަކު މަރުވެއްޖެ
މަރުވެފައިވަނި 55 އަހަރުގެ ފިރިހެނެް
ބެލެވޭ ގޮތުގައި އޭނަ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން

ޓެކްސީ ދުއްވަނިކޮށް  ޑްރައިވަރު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިކަހަލަ ކަމެއް ހިނގައފައިވާ ކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމުގެ އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

ބައެއް ނޫސްތަކުގައި ވާގޮތުން މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. މި މީހާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޭނާ މަސައްކަތް ކުރާ ޓެކްސީ ސެންޓަރުގެ މީހަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެ އެވެ.

މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 07:00 ގަ އެވެ. އޭނާ ޓެކްސީ ދުއްވަމުން ގޮސް ޖަމާލުއްދީން ސްކޫލު ކައރިން ޓެކްސީން ފޭބުމާ އެކު ވެއްޓުނީ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން އެމީހާ އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް