Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 17:59
އެސްޓީއޯ ބިލްޑިންގް
އެސްޓީއޯ ބިލްޑިންގް
ގޫގުލް
އެސްޓީއޯ
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި
އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުން މިމަހުގެ 30 ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖައްސައިދީފި އެވެ.

އާންމު ޖަލްސާއަށް އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ހިއްސާދާރުންނަށް ދައުވަތު ދެއްވާފަ އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުން ހަމަޖެހިފައިވަނީ ރޭގަނޑު 10:00 ގައި ދަރުބަރު ގޭގަ އެވެ.

އަހަރީ އާއްމު ޖަލްސާގައި ޗެއަރމަންގެ މެސެޖާއި ފާއިތުވެދިޔަ އަހަރު އެސްޓީއޯގެ ޕަރފޯމެންސް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް ބެލުމާއި، 2017 ވަނަ އަހަރަށް އައްޔަނުކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ބޯޑު ޑިރެކްޓަރުން އައްޔަނު ކުރުން ހިމެނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އަށް ނިމިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 51 ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނިން ވަނީ ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

އެސްޓީއޯ އިން  މިދިޔަ އަހަރު ހިއްސާގެ ފައިދާ ބަހާފައިވަނީ 57 ރުފިޔާގެ ރޭޓުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް