Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 16:29
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ރާއްޖެއެމްވީ
އަބްދުﷲ ރިޔާޒު
އަބްދުﷲ ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފި
މިއަދު ބައްވާ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ 15:00 އަށް
ރިޔާޒުގެ މައްޗަށް ދައުވަ ކުރަނީ ފޯނުގެ ލޮކްކޯޑް ފުލުހުންނަށް ނުދީގެން ކަމަށްބުނެ

ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތްގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވައިފި އެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ބުރާސްފަތި ދުވަހުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ 15:00 އަށެވެ.

އަންގާރަ ދުވަހުގެ ރޭ ވެސް ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް 8:00 އަށް ތާވަލްކުރުމަށް ފަހު، ކެންސަލް ކޮށްފައިވެއެވެ.

ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުވެސް އަދާކުރެއްވި އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

ރިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ އެޕްރީލް 13 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.

ރިޔާޒުގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ ކަމަށް ބުނެ އެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާޗް 27 ވަނަ ދުވަހުގެ ރޭގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް