ހައްޖު 1443

8 ޖުލައި 2022، 9 ޒުލްހިއްޖާ 1443

މިއީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅޭ މައުލޫމާތު ހިމެނޭ ޚާއްސަ ސަޕްލިމެންޓެވެ.

ހައްޖު – ފެށިގެން ނިމެންދެން

މުސްލިމުންނަށް ހައްޖަކީ، އިސްލާމް ކަމުގެ ފަސްވަނަ ރުކުނެވެ. މި އަޅުކަމަކީޒުލްހިއްޖާ (ޢަރަބި ކަލަންޑަރުގެ 12 ވަނަ މަސް) މަހުގެ ތެރޭގައި މުސްލިމުން އަދާ ކުރާ އަޅުކަމެކެވެ. ހައްޖުގެ އަޅުކަން ރަސްމީކޮށް ފެށެނީ ޒުލްހިއްޖާ މަހުގެ 8 ވަނަ ދުވަހުއެވެ.

  • ތަމައްތައު (އުމްރާ ނިމިގެން ހައްޖު)

    މީގާތުން އިހުރާމް ބަނދެ ނިޔަތް ގަންނާނީ، ލައްބައިކަ އުމްރަތަށް މުތަމައްތިއަން ބިހާ އިލަލް ހައްޖި
    ތަވާފުލް ގުދޫމްގެ ފަހުން ސައުޔު ކުރުން
    ބޯ ކޮށުން / ބޭލުން
    އުމްރާ އަށް ފަހު އިހުރާމް ކެނޑުން
    ތަރްވިޔާ ދުވަހު އަލުން އިހުރާމް ބަނުން
    ހަދްޔު ކަތިލަން ޖެހޭނެ
  • ގިރާން (ހައްޖު، އުމްރާ އެއްކޮށް)

    މީގާތުން އިހްރާމް ބަނދެ ނިޔަތް ގަންނާނީ، ލައްބައިކަ އުމްރަތަން ވަ ހައްޖަން
    ހަދްޔު ކަތިލަން ޖެހޭނެ
  • އިފްރާދް (ހައްޖު އެކަނި)

    މީގާތުން އިހްރާމް ބަނދެ ނިޔަތް ގަންނާނީ، ލައްބައިކަ ހައްޖަން
    ހަދްޔު ކަތިލާކަށް ނުޖެހޭނެ
10

މިނާއިން މައްކާ އަށް އައުމަށްފަހު، ފުރަން ކައިރިވުމުން ވަދާއުގެ ތަވާފު ކުރެއެވެ.

9

ޢީދު ދުވަހަކަށް ފަހު އައްޔާމުއްތަޝްރީގުގެ 3 ދުވަހު (2 ނުވަތަ 3 ރޭ) މީނާގައި ހޭދަކުރެއެވެ. މިނާގައި ތިބޭ ކޮންމެ ދުވަހަކު މެންދުރުން އެނބުރުމުން 3 ޖަމްރާއަށް ހިލަ އުކައެވެ.

8

ތަވާފުލް އިފާޟާ: ޢީދު ދުވަހު މިނާއިން މައްކާއަށް އައިސް ތަވާފު ކުރެއެވެ. ތަމައްތައު ހައްޖު ކުރާ މީހާ އޭގެ ފަހުން ސައުޔު ކުރާނީއެވެ.

7

މިނާއަށް ދިއުން: މިނާ އަށް ދާ ދުވަހަކީ އަޟްހާ ޢީދު ދުވަހެވެ. މިނާ އަށް ދެވުމުން ބޮޑު ޖަމްރާއަށް ގޮސް ހިލައުކުމާއި، ބޯބޭލުމާއި ހަދްޔު ކަތިލައެވެ.

6

މުޒްދަލިފާއަށް ދިއުން: އިރު އޮއްސުމުން އަރަފާތު ބިމުން ހައްޖުވެރިން ދާނީ މުޒްދަލިފާގައި ރޭކުރުމާއެކު އިރު އެރުމުގެ ކުރިން ދާނީ މިނާ އަށެވެ. މުޒްދަލިފާގައި ޖަމްރާއަށް އެކުމަށް ބޭނުންވާ ހިލަ އެއްކުރެއެވެ.

5

އަރަފާތު ބިމަށް ދިއުން: އަރަފާތު ބިމަކީ ރަސޫލާގެ ވަދާޢީ ޚުތުބާ ދެއްވި ބިމެވެ. މިތަނުގައި ހައްޖާޖީން މެންދުރުން ފެށިގެން އިރު އޮއްސުމާ ހަމައަށް ނަމާދުކޮށް ދުޢާކުރުމުގައި ތިބެއެވެ.

4

މިނާގައި މަޑު ކުރުން: މީނާގައި މަޑުކޮށްގެން ތިބޭއިރު ނަމާދު ކުރުމާއި ދުޢާ ކުރުމާއި ޤުރުޢާން ކިޔެވުމުގައި ހައްޖުވެރިން ވަގުތު ހޭދަ ކުރެއެވެ.

3

ސައުޔު ކުރުން

2

ތަވާފު ކުރުން: ހައްޖުގެ އަޅުކަން ފެށެނީ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ކުރާ ތަވާފުންނެވެ. މި ތަވާފުގައި 7 ފަހަރު ކައުބާ ވަށައިގެން ހިނގައެވެ.

1

މީގާތުން އިހްރާމް ބަނުން، ނިޔަތް ގަތުން

ހަބަރާއި ރިޕޯޓު

Advertisement

ހަބަރާއި ރިޕޯޓު

 
 

ފޮޓޯ

ކައުބާ

ކައުބާ އަކީ މުސްލިމުންގެ ޤިބްލައެވެ. ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި ކައުބާ ބިނާކުރެއްވީ، އިބްރާހިމް އަލަހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލް އަލަހިއްސަލާމެވެ. މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ ފަސް ނަމާދު އަދާކުރުމުގައި ކުރިމަތިލާން ޖެހެނީ ކައުބާ އަށެވެ.

ކައުބާގެ އުސްމިނަކީ ގާތްގަނޑަކަށް 60 ފޫޓެވެ. އަދި ކޮންމެ ފަރާތަކުން ބެލިއަސް ފާރެއްގެ ފުޅާ މިނުގައި ހުންނަނީވެސް ގާތްގަނޑަކަށް 60 ފޫޓެވެ.

1- ޔަމާނީ ރުކުން

މިއީ ޔަމަން އާ ދިމާލަށް ހުންނަ ކަނެވެ.

2- ކައުބާގެ ބަރަފޯސްކޮޅު

މިއީ ގެފުޅުގެ އިމާރާތުގެ އިރުމަތީ ފަރާތާއި، ހުޅަނގު ފަރާތާއި، ދެކުނު ފަރާތުގައި ހުންނަ ފާރުގެ ބުޑުން ބޭރަށް ނިކުމެފައި ހުންނަ ބައެވެ.

3- ޙަޖަރުލް އަސްވަދު

މިއީ ކަޅު ކުލައިގެ ހިލައެކެވެ. ހިލަ ހުންނާނީ ގެފުޅުގެ ފާރަށް ހަރުކުރެވިފައެވެ. ހަރުކުރެވިފައި ހުންނަނީ ފާރުގެ ވާތްފަރާތު ކަނަށްވާ ގޮތަށެވެ. އިސްލާމީ ތާރީޚުގައި ވާ ގޮތަށް މި ހިލައަށް ކީރިތި ރަސޫލާ ބޮސްދެއްވިއެވެ.

4- ކައުބާގެ ދޮރުކޮޅު

ގެފުޅުގެ އެތެރެއަށް ވަންނަން ހުންނަ މި ރަށް ދޮރުކޮޅަކީ އާއްމު ގޮތެއްގައި ބަންދުކޮށްފައި ހުންނަ ދޮރުކޮޅެކެވެ.

5- މަގާމް އިބްރާހީމް

މަގާމް އިބްރާހީމް ހުންނަނީ ގެފުޅުގެ އިރުއއުތުރު ފަރާތައް ވާ ގޮތަށެވެ. ބިއްލޫރިން ހަދާ މަތީގައި ކުޑަ ގުއްބެއް ހުންނަ މިތަނުގެ ތެރޭގައި ވަނީ ގެފުޅު ބިނާކުރެއްވި އިރު އިބްރާހިމްގެފާނު އަރުއްވާ ހުންނެވި ހިލައެވެ.

6- ހިޖްރް އިސްމާއިލް

މިއީ ގެފުޅާ ނުގުޅި، ގެފުޅުގެ ހުޅަނގު އުތުރު ފާރުގެ ކުރިމަތީގައި ހުންނަ ބައެވެ. މިއީ ހަނދުފަޅި ބައްޓަމަށް ހުންނަ ފާރެކެވެ. ފާރުގެ އުސްމިނުގައި ހުންނާނީ 5 ފޫޓެވެ. ފުޅާމިނުގައި 3 ފޫޓެވެ.

7- އިރާގީ ރުކުން

މިއީ އިރާގަށް ކުރިމަތިވާ ގޮތަށް ހުންނަ ކަނެވެ.

8- ޝާމީ ރުކުން

މިއީ ސީރިއާ އަށް ކުރިމަތިވާ ގޮތައް ހުންނަ ކަނެވެ.

ވީޑިއޯ

ionicons-v5-c

Hajj 1444 | Alhukan kurumugai Ihulaastherivun