ވެމްބްލީ ސްޓޭޑިއަމް

ލަންޑަން

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމަކީ އިންގްލެންޑުގެ ގައުމީ ސްޓޭޑިއަމެވެ. އިންގްލެންޑުގެ ގައުމީ ޓީމުގެ ހޯމް މެޗުތަކާއި އިނގިރޭސި އެފްއޭކަޕްގެ ފައިނަލް މެޗު ކުޅޭ ތަނަކީވެސް އާއްމު ގޮތެއްގައި ވެމްބްލީ ސްޓޭޑިއަމެވެ. ގާތްގަޑަކަށް 90 ހާސް މީހުންގެ ޖާގައިގެ ވެމްބްލީ ސްޓޭޑިއަމަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސްޓޭޑިއަމެވެ. އަދި މުޅި ޔޫރަޕަށް ނިސްބަތްކުރާނަމަ އެއީ ޔޫރަޕުގެ ދެވަނައަށް އެންމެ ބޮޑު ސްޓޭޑިއަމެވެ. ވެމްބްލީ ސްޓޭޑިއަމްގައި މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ފިޔަވަހީގައި އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވާ އެންމެހައި މެޗުތަކާއި މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗެވެ. އިންގްލެންޑް ހިމެނެނީ ގްރޫޕް ޑީގައި ސްކޮޓްލެންޑާއި ކްރޮއޭޝިޔާއާއި ޗެކްރިޕަބްލިކާއެކުގައެވެ.