ޕާރކެން ސްޓޭޑިއަމް

ކޯޕަންހޭގަން

މިއީ ގާތްގަޑަކަށް 38 ހާސް މީހުންގެ ކެޕޭސިޓީ އެކުލެވިގެންވާ ސްޓޭޑިއަމެކެވެ. ޑެންމާރކުގެ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުލަބްތަކުގެ ތެރެއިން އެފްސީ ކޯޕެންހޭގަންގެ ހޯމް ސްޓޭޑިއަމަކީ މިއީއެވެ. އަދި ޑެންމާރކުގެ ގައުމީ ޓީމުގެ ހޯމް މެޗުތައްވެސް އާއްމުގޮތެއްގައި ކުޅެނީ މި ސްޓޭޑިއަމްގައެވެ. މިފަހަރުގެ ޔޫރޯގެ މެޗުތަކުގެ ތެރެއިން މި ސްޓޭޑިއަމުގައި ކުޅޭނީ ގްރޫޕް ބީގަައި ޑެންމާރކު ކުޅޭ ތިން މެޗާއި ރައުންޑް އޮފް 16 ބުރުގެ މެޗަކާއެކު ޖުމްލަ ހަތަރު މެޗެވެ. މި މެޗުތަކަށް ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށްފައި ސްޓޭޑިއަމުގެ ޖުމްލަ ކެޕޭސިޓީގެ ވިހި އިންސައްތަށްވުރެ މަދުނުވާނޭ މިންވަރަކުން މީހުން ވައްދަން ޚިޔާލުކުރާ ކަމަށް ޑެންމާރކުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް