އެސްޓާޑިއޯ ލަ ކަރްތޫޒާ

ސެވިއްޔާ

މިއީ ގާތްގަޑަކަށް 60 ހާސް މީހުންގެ ކެޕޭސިޓީ ހިމެނޭ ސްޓޭޑިއަމެކެވެ. މިތަނުގައި ކުޅެވޭނީ ޔޫރޯގެ މެޗުތަކުގެ ތެރެއިން ގްރޫޕް އީގައި ސްޕޭނު ކުޅެންޖެހޭ މެޗުތަކެވެ. މި ގްރޫޕުގައި ސްޕެއިނުގެ އިތުރުން ދެން ހިމެނޭ ޓީމުތަކަކީ ޕޮލެންޑާއި ސްލޮވާކިޔާއާއި ސުވިޑަންއެވެ. މި ގްރޫޕުގެ އެހެނިހެން މެޗުތައް ކުޅެވޭނީ ރަޝިޔާގެ ސެންޓްޕީޓާރސްބާގުގައެވެ. މި ގްރޫޕުގެ މެޗުތައް ކުޅެން އެންމެ ފުރަތަމަ ހަމަޖެހުނީ ސްޕޭނުގެ ބިލްބާއޯގެ ސެން މަމެޒް ސްޓޭޑިއަމާއި އަޔަލެންޑްގެ ޑަބްލިންގެ އަވީވާ ސްޓޭޑިއަމުގައެވެ. އެހެންނަމަވެސް ކޮވިޑުގެ ކަންތަކުގައި ޑަބްލިންއާއި ބިލްބާއޯގައި ހުރި ހަރުކަށި އުސޫލުތަކުގެ ސަބަބުން މީހުން ވެއްދޭނެ ކަމުގެ ޔަގީންކަން ނެތިގެން ޔުއޭފާގެ ފަރާތުން މި ގްރޫޕުގެ މެޗުތައް ސެވިއްޔާ އާއި ސެންޓްޕީޓާރސްބާގަށް ބަދަލުކުރީއެވެ.

ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް