ޔޯހަން ކްރައިފް އެރީނާ

އެމްސްޓެޑަމް

ޔޯހަން ކްރައިފް އެރީނާގައި މިފަހަރު ކުޅޭނީ ގްރޫޕް ސީގައި ހޮލެންޑް ކުޅޭ މެޗުތަކެވެ. މި ގްރޫޕުގައި ހޮލެންޑާއެކު ދެން ހިމެނެނީ އޮސްޓްރިއާ، ޔުކްރޭން އަދި ނޯތު މެސެޑޯނިއާއެވެ. ޔޯހަން ކްރައިފް އެރީނާއަކީ އާއްމު ގޮތެއްގައި ހޮލެންޑުގެ އެންމެ މަޝްހޫރު ކުލަބް ކަމަށްވާ އަޔެކްސް އެމްސްޓެޑަމްގެ ހޯމް ސްޓޭޑިއަމެވެ. މި ސްޓޭޑިއަމް އެމީހެއްގެ ނަމަށް ނިސްބަތް ކުރެވޭ ޔޯހަން ކްރައިފަކީ ހޮލެންޑްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މި ސްޓޭޑިއަމްގެ ކެޕޭސިޓީއަކީ 55500 އެވެ.

ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް