ހެމްޕްޑެން ޕާރކް

ގްލާސްގޯ

ހެމްޕްޑެން ޕާކް ސްޓޭޑިއަމަކީ ސްކޮޓްލެންޑްގެ ގައުމީ ސްޓޭޑިއަމުގެ ގޮތުގައި ބެލެވޭ ސްޓޭޑިއަމެވެ. މިތަނުގެ ކެޕޭސިޓީއަކީ ގާތްގަޑަކަށް 52 ހާހެވެ. މިފަހަރުގެ ޔޫރޯގައި މި ސްޓޭޑިއަމްގައި ކުޅޭނީ ގްރޫޕް ޑީގެ މެޗުތަކުގެ ތެރެއިން އިންގްލެންޑު ފިޔަވައި އެހެން ޓީމުތަކުގެ މެޗުތަކާއި ރައުންޑް އޮފް 16 ބުރުގެ މެޗެކެވެ. ސްކޮޓްލެންޑަކީ ވަކި ގައުމަކަށް ނުވިޔަސް ފުޓްބޯޅައިގެ ކަންކަމުގައި އެއީ ވަކި ގައުމެއްގެ ހައިސިއްޔަތު ލިބިފައިވާ ބައެކެވެ. އެއީ ފީފާގެ މެންބަރެކެވެ. އަދި ޔުއޭފާގެ ވެސް މެންބަރެކެވެ. މިފަހަރުގެ ޔޫރޯގައިވެސް ސްކޮޓްލެންޑް ވާދަކުރުމާއެކު ސްކޮޓްލެންޑް ހިމެނިފައިވަނީ މުބާރާތް ހޯސްޓްކުރާ އެގާރަ ގައުމުގެ ތެރެއިން ގައުމެއް ކަމުގައެވެ. ސްކޮޓްލެންޑުގައި ޔޫރޯގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ސްޓޭޑިއަމަކީ ގްލާސްގޯގެ ހެމްޕްޑެން ޕާރކެވެ.

ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް