ނެޝަނަލް އެރީނާ

ބުކަރެސްޓް

ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާއަކީ ރުމޭނިޔާގެ ގައުމީ ސްޓޭޑިއަމެވެ. އެތާގެ ކެޕޭސިޓީއަކީ 55600 އެވެ. ރުމޭނިޔާގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން ޑީނަމޯ ބުކަރެސްޓްގެ ހޯމް ސްޓޭޑިއަމަކީވެސް މި ސްޓޭޑިއަމެވެ. އަދި ރުމޭނިޔާގެ ގައުމީ ޓީމުގެ ހޯމް މެޗުތައްވެސް އާއްމު ގޮތެއްގައި ކުޅެނީ މި ސްޓޭޑިއަމްގައެވެ. މިފަހަރުގެ ޔޫރޯގެ މެޗުތަކުގެ ތެރެއިން ބުކަރެސްޓްގައި ކުޅޭނީ ގްރޫޕް ސީގައި ހޮލެންޑް ފިޔަވައި އެހެން ގައުމުތައް ކުޅޭ ތިން މެޗަކާއި ރައުންޑް އޮފް 16 ބުރުގެ މެޗެކެވެ.

ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް