މައިލޯ ޔޫރޯ ފޯރި - އެނަލިސްޓުން

މައުރޫފް އަޙްމަދު

"ޔޫރޯ 2020" އަށް ރާއްޖެޓީވީން ގެނެސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ގައި އެނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާނެ އެއް ބޭފުޅަކީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މީގެ ކުރިންވެސް އެނަލިސްޓެއްގެ ގޮތުގައި ބޮޑެތި މުބާރާތްތަކުގައި ހަރަކާތްތެރިވި މާއްޓޭއަކީ ބެލުންތެރިންގެ އިތުބާރު ލިބިފައިވާ އެނަލިސްޓެކެވެ. މި ފަހަރުގެ ކަވަރޭޖުގައި މާއްޓޭ އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އެފް އެވެ. އެ ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލާއި، ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި، ޖަރުމަނުގެ އިތުރުން ޕްލޭއޮފުން ޖާގަ ހޯދި ހަންގޭރީއެވެ.

ގްރޫޕާ ދޭތެރޭ ދެކޭ ގޮތް

މައުރޫފްގެ ގްރޫޕް