މައިލޯ ޔޫރޯ ފޯރި - އެނަލިސްޓުން

އިހުސާން އަބްދުލް ޣަނީ

"ޔޫރޯ 2020" އަށް ރާއްޖެޓީވީން ގެނެސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ގައި އެނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާނެ އެއް ބޭފުޅަކީ ތަޖުރިބާކާރު ކޯޗު އަދި މި ވަގުތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް އިރުޝާދުދެމުން އަންނަ އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ. ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް މަސައްކަތް ކުރާ ކޯޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސާންތި ވަނީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އެނަލިސްޓެއްގެ ދައުރު ފުރިހަމަކަމާއެކު އަދާކޮށްފައެވެ. ހަމަޔަގީނުންވެސް މި ފަހަރުގެ މުބާރާތުގައިވެސް އެގޮތުގައި ސާންތި ހުންނާނެއެވެ. މި ފަހަރުގެ ކަވަރޭޖުގައި ސާންތި އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސީ އެވެ. އެ ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ ވަރުގަދަ ނެދަލެންޑްސް، ނޯތު މެސެޑޯނިއާ، ޔޫކްރޭން އަދި އޮސްޓްރިއާއެވެ.

ގްރޫޕާ ދޭތެރޭ ދެކޭ ގޮތް

އިހުސާންގެ ގްރޫޕް