ފަލަސުރުހީ
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ހުރިހާ މައައްސަސާއެއްވެސް ޖަވާބުދާރީވާންޖެހޭ: ހިސާން
އަޅުގަނޑުމެންގެ ބަރުތައް ބެހިވެފައިމިވަނީ އެއް ބަރު އަނެއް ބަރުގެ މައްޗަށް ފާރަވެރިވާނެގޮތަށް. ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށްފަހުގައި ސަރުކާރާއި، އަދުލު އިންސާފުގެ ބަރު ޖަވާބުދާރީކުރެވޭ މަންޒަރެއް އަޅުގަނޑުމެންނަކަށް ފެނިގެނެއް ނުދޭ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ޖަވާބުދާރީކުރުވާ ކޮމެޓީއަކީ ސަރުކާރަށް މެޖޯރިޓީ އޮންނަ ތަނެއް ނޫން. އޭގެ ބަދަލުގައި ސަރުކަރު ޖަވާބުދާރީކުރުމުގެ މެޖޯރިޓީ އޮތީ ަރުކާރަށށް. އެޗާއެކު ޗެކް އެންޑް ބެލެންސްގެ ނިޒާމް އެއްކޮށް ގެއްލިގެންދިޔައީ. ޤައުމު މިހާލަތަށް ވެއްޓިގެންދިޔަކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަންޖެހޭނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް.
ފުލުހުންގެ އިދާރާ މަސައްކަތްކުރަނީ ޕީޕީއެމްގެ ސުލުކީ ކޮމެޓީގެ ގޮތުގައި: ހިސާން
އަޅުގަނޑު ޓުވީޓެއްގައި ދެކުނިން، ފުލުހުންގެ އިދަރާ ހިނގަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ސުލޫކީ ކޮމެޓީގެ ގޮތުގައި ކަމަށް. އެއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. މި ހުރިހާ ކަމެއްގެ ސަބަބުން ފުލުހުންގެ އިދާރާގެ އަގު ވެއްޓި، ރައްޔިތުން އެ އިދާރާއަށް ބަދުނާމުގެ އިނގިލި ދިއްކުރާ މަންޒަރު ފެނީ. މިއީ އަޅުގަނޑުމެންވެސް ހިތާމަ ކުރާކަމެއް. ފުލުހުންގެ މައައްސަސާއަށް އޮތް އިތުބާރު ނަގާލުމަށް ބަޔަކު މަސައްކަތްކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދަނީ.
ރައީސް ޔާމީން އަމިއްލަ ކަންތައްތައް ދިފާއުކުރުމަށް އުޅޭ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ: ހިސާން
އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ރައީސް ޔާމީން އަބަދުވެސް އުޅުއްވަނީ އަމިއްލަ ކަންތައްތައް ދިފާއުކުރުމަށްކަން. ކޮންމެ ހައްޖު ކޯޓައަކާއި، ކޮރަޕްޝަންގެ ވާހަކައެއް ދިފާއުކޮށް ވާހަކަދެއްކުމުގައި އުޅުއްވަނީ. ނުވަތަ ކޮންމެވެސް ކަދުރެއްގެ ވާހަކަ އެ ބޭފުޅުންގެ ފަރާތުން އަޑުއިވެނީ. އެހެންކަމުން އެ ބޭފުޅުން އަބަދުވެސް އެ އުޅެނީ އަމިއްލަ މަސްލަހަތު ދިފާއުކުރުމަށްކަމަސް އާޅުގަނޑުމެންނަށް ބުނެވިދާނެ.
އުވާލާފައިވާ ޤާނޫނުގެ ދަށުން ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަނީ: ހިސާން
ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަނީ އުވާލެވިފައިވާ ޤާނޫނެއްގެ ދަށުން. ޤާނޫނީ އެއްވެސް ހަމައެއްގައި އުވާލެވިފައިވާ ޤާނޫނެއްގެ ދަށުން ދައުވާއެއް ނުކުރެވޭނެ. ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ގަބޫލުކުރެވޭ. އެއީ 2018 ކައިރިވެފައިއޮތީމައި ދަތިކުރުމަށް ކޮށްފައިވާ ދައުވާއެއް.
ޤައިރު ޤާނޫނީ އަމުރުތަކަށް ތަބާ ފުލުހުންގެ މައްސަލަ ހުށައަޅާނަން: ހިސާން
ޤައިރު ޤާނޫނީ އަމުރަށް ތަބާ ފުލުހުންގެ މައްސަލަ އަޅުގަނޑުމެން ކަމާއި ބެހޭ އިދާރާތަކަށް ހުށައަޅާނެކަމަށް އަޅުގަނޑުމެން ބުނިން. އަޅުގަނޑުމެން އެ މައްސަލަތައް ބަލާނަން. އެއްވެސް ފަރާތަކުން ޤައިރު ޤާނޫނީ އަމުރަކަށް ތަބާވެގެން ނުވާނެ. އެފަދަ އަމުރުތަކަށް ތަބާވާ ފަރާތްތައް އެ ކުރަނީ ކުށެއްކަން ހުރިހާ ފަރާތްތަކުންވެސް ހަދާނުގައި ބަހައްޓަންޖެހޭނެ.
ތެދު ހަޤީޤަތް ހާމަކުރާ ކޮންމެ މީހަކު ކުށްވެރިޔަކަށްވާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ: ހިސާން
ތޮއްޔިބު ޝަހީމްވެސް ފުލުހުންގެ ބަންދުގައި އެ ހުންނަނީ ކުރެއްވި ޓުވީޓަކާއި ގުޅިގެން. ހަޤީޤަތް ހާމަކޮށް ކޮށްފައިވާ ޓުވީޓަކާއި ގުޅިގެން. އެގޮތުން ރާއްޖޭގައި އެޗް1އެން1 ރޯގާ އުޅޭކަމަށް ހާމަކުރީ އެއީ ވަރަށް ރަނގަޅަށް ކުރި ކަމެއް. ނަމަވެސް ތެދު ބުނީތީ ތޮއްޔިބު އެ އޮތީ ޖަލުގައި. ތެދެއް ބުނެފައި، އެ ތެދަކީ ސަރުކާރު ބަދުނާމުވާކަމެއް ކަމުގައިވާނަމަ އެއީ ބޮޑު ކުށަކަށްވެގެންދޭ. ހަޤީޤަތް ހާމަކޮށްގެން މީހުންނަށް އަދަބު ލިބޭ މަންޒަރު މި ފެންނަނީ.
ފުލުހުން މަސައްކަތްކުރަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް: ހިސާން
ކުރިން ދުވަހު، އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި. އެއްވެސް އަސާސެއް ނެތްކަމެއްގައި. އެކަންކަމުގައި ފުލުހުންގެ އިދާރާއަށް ސިޔާސީ ފަރާތަތްތައް ހާޒިރުކުރުމުންވެސް ފުލުހުންގެ މުއައްސަސާ ސިޔާސީވެފައިވާ މިންވަރު އަޅުގަނޑުމެންނަށް ހާމަވެގެންދޭ. އަޅުގަނޑުމެން މި ބުނަނީ ފުލުހުންގެ އިދާރާ ސިޔާސީ ނުވަށޭ. މުޅިންވެސް ސިޔާސީ ބޭނުމެއްގައި، ސިޔާސީ ފަރާތްތައް ހާޒިރުކުރަނީ. ރައްޔިތުން އެއްވާ އެއްވުންތައް ރޫޅާލަމުންގެންދަނީ ގަވއިދާއި ހިލާފަށް. ގަވައިދާއި ހިލާފަށް ބާރުގެ ބޭނުންކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ.
ރައީސް ޔާމީން ފުލުހުންނަށް ރިޝްވަތު ހުށައެޅި: ހިސާން
ސިޔާސީ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތްކަންކަމުގައި. އެފަދަ ކަންކަން ފުލުހުންވެސް ކޮށްގެންނުވާނެ. 2012 ވަނަ އަހަރު ކަނޑައެޅިގެން ރިޝްވަތު ހުށައެޅީ ފުލުހުންނަށް، ރައީސް އަބްދުﷲ ޔާމީން. އެ މައްސަލަ ހުށައަޅަންޖެހޭ ފަރާތްތަކަން، އެ މައްސަލަ ފުލުހުންނަށް ހުށައެޅި. ނަމަވެސް ފުލުހުންގެ މުއައްސަސާގެ ތެރެއިން އެއްވެސް މައްސަލައެއް ތަހުޤީޤްކުރެވިފައެއް ނުވޭ.
ފަލަސުރުހީ
މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ، ޤާނޫނީ ވަކީލް ހިސާން ހުސެއިންނެވެ. މައުޟޫއަކީ، ސިޔާސީ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމެވެ.