Raajje.mv

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

01 އެޕްރީލު 2017
7967
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، މ. ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، މ. ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން

01 އެޕްރީލު 2017 | 23:20

ޖަލްސާ ނިންމާލައިފި

ޖަލްސާ ނިންމާލައިފި އެވެ

01 އެޕްރީލު 2017 | 23:16

މހާރު ވާހަކަދައްކަނި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ޝެރީން

01 އެޕްރީލު 2017 | 23:09

ޤާސިމް ޖަލްސާއާއި ގުޅިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޖަލްސާއާއި ގުޅިވަޑައިގެންފި އެވެ.

01 އެޕްރީލު 2017 | 23:05

ކްރިމިނަލް ކޯޓަށް އިންޒާރުދީ ނުސްބަޔާނެއް ނުނެރެވޭނެ: އިމްތިޔާޒް

ކްރިމިނަލް ކޯޓުން ކުރިން ދުވަހު ނެރުނު ނޫސްބަޔާނަކި، ޕީޕީއެމްގެ ދަރުބާރު ފެކްޝަނުން ނެރިފައިވާފަދަ ނޫސްބަޔާނެއް. ނޫސްވެރިންނަށް އިންޒާރުދީފައިވާ ނޫސްބަޔާންގައި އެ އޮތީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. އެ ނޫސްބަޔާނުގައިވާ ވާހަކަތަކީ ކޯޓުތަކަށް ދެއްކޭނެ ވާހަކައެއް ނޫން. ކޯޓުތަކަކީ އަދުލު އިންސާފު ޤާއިމްކުރުމަށް ތިބޭ ބައެއް. އެއީ ތަހުޤީޤްކުރުމަށް އޮންނަ ތަނެއް ނޫން.

01 އެޕްރީލު 2017 | 22:50

ޖުމްހޫރީ ޕަޓީގެ ދިދައަކީ އެ ޕާޓީގެ ފިކުރީ މުދަލެއް: އިމްތިޔާޒް

ޖުމްހޫރީ ޕާޓިގެ ދިދަ އާއި ލޯގޯއަކީ މި ޕާޓީގެ ފިކުރީ މުދަލެއް. މި ފިކުރި މުދާ ހިމާޔަތްކުރުމަށް ތިޔަ ބޭފުޅުން މަސައްކަތް ކުރައްވާތި. މި ޕާޓީގެ ފިކުރީ މުދަލެއް މިވެރިންނަކަށް އަތެއް ނުލެވޭނެ. ބީތާވެފައިވާ މިންވަރުން މިފަދަ އުސޫލުތައް ހަދަމުން އެ ގެންދަނީ. އަޅުގަނޑު ޖުމްހޫރީ ޕާޓީގެ ލީޑަރަށް ގޮވާލަން، އެ ޕާތިގެ ފިކުރީ މުދާ ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް.

01 އެޕްރީލު 2017 | 22:48

މިހަރު ވާހަކަދައްކަނީ އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ

01 އެޕްރީލު 2017 | 22:47

މީނާ އަޒުލުކުރުމަށް، މަސައްކަތްކުރުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް: އިމްތިޔާޒް

ވަރަށް އަވަހަށް އާޅުގަނޑުމެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރާނަން. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނަކަށް އަޅުގަނޑުމެން ހަދާނަން. މި ސަރުކާރު ބަދަލުކުރަންޖެހޭ. މި ސަރުކާރު ބަދަލުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކަމެއް. ދައުލަތް އިސްލާހުކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކަށް މަޖިލީސް އިސްލާހުކުރަންޖެހޭތީ މަޖިލީސް އިސްލާހު ކުރަނި. އެއީ ރައްޔިތުންގެ މަޖިލީސް. ދެން ކުރިން ދުވަހަކު އެމްޑީޕީގެ ޗެއަރޕާސަން އެ ހާޒިރު ކުރި ސަބަބު ވިސްނަވާ. ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓިން ކުރި ޓުވީޓަކާއި ގުޅިގެން އެ ހާޒިރުކުރީ. މިއި ކޮން އުސޫލަކުން ވެރިކަން ކުރާ ބައެއްތޯ. ކޮން އުސޫލަކުންތޯ އެ މައްސަލަ ބަލަނީ. މިހާތަނަށް ދިވެހިރާއްޖޭގައި ޓުވީޓެއް ކުރުމަކީ ކުށެއްކަމެއް އިނގެފައެއް ނުވޭ.

01 އެޕްރީލު 2017 | 22:34

މިހަރު ވާހަކަދައްކަވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން

01 އެޕްރީލު 2017 | 22:34

މިވަގުތު ވާހަކަދައްކަވަމުންގެންދަނީ ޖޭޕީގެ ޑެޕިއުތީ ލީ

01 އެޕްރީލު 2017 | 22:32

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުން އަންނަނި ޖަލްސާގައި ބައިވެރިވަމުން

01 އެޕްރީލު 2017 | 22:31

ފާރިސް ޖަލްސާއަށް ވަޑައިގެންފި

ކުނޫޒުގައި ކުރިއަށް ގެންދާ ޖަލްސާ އާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފަރިސް މައުމޫނު ގުޅިވަޑައިގެންފި އެވެ.

01 އެޕްރީލު 2017 | 22:29

ޤައުމަށް އައި އިސްލާހީ ބަދަލުކުރުމުގެ ހުރިހާ ކްރެޑިޓެއް އޮތީ ރައްޔިތުންނަށް: އަބްދުﷲ ކަމާލުއްދީން

ދިވެހިރާއްޖެއަށް ގެނެވުނު އިސްލާހީ ބަދަލުގައި ހުރިހާ ކްރެޑިޓެއް އޮތީ ދިވެހި ރައްޔިތުންނަށް. އެ ރައްޔިތުން ކުރި މަސައްކަތުން ޤާނޫނު އަސާސީއެއް ހޯދި. އެ ޤާނޫނު އަސާސީ ރައްޔިތުންނަށް ރައްޔިތުންގެ ބަރުވެރިކަން ލިބިދީފައިވޭ. އެގޮތުން ޤާނޫނު އަސާސީގެ ދެ ވަނަ ބާބާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫނީ ބަދަލު ނުގަނެވޭނެކަމަށް ކަނޑައެޅި. އެހެންކަމުން މި ބަދަލު އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އެއާއި އެއްގޮތަށް އާޅުގަނޑުމެން އަމަލުކުރަންޖެހޭ. އެކަންތައްތައް ކުރުމަށް އަޅުގަނޑުމެން އެކުލަވާލި މަޖިލީހަކީ، ރައްޔިތުންގެ މަންދޫބުން ހިމެނޭ ރައްޔިތުންގެ މަޖިލީސް. ރާއްޖޭގައި އޮތީ ތިން ބަރު ވަކިވެފައިވާ ނިޒާމެއް. ހުރިހާ ބަރަކީވެސް ވަކި ބާރެއްގެ ގޮތުގައި ކަނޑައޭޅި. ކޯޓުތަކުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ ފާރަވެރިވޭ. ވެރިކަން ހިންގާ ބާރަށް ކޯޓުތަކާއި، މަޖިލީސް ފާރަވެރިވޭ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ފާރަވެރިވާނެ ބަޔަކު ނެތް. ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އިންނެވި ބޭފުޅެއްގެ ގޮތުން އަޅުގަނޑަށް އެނިގަފައި އޮތް ކަމެއް ދަންނަވާލާނަން. އޭރުގައި މަޝްވަރާކުރެވުނު ރައްޔިތުންގެ މަޖިލީސް ޖަވާބުދާރިކުރުވުމަށް މަތިގެޔެ އުފެއްދުމަށް. ނަމަވެސް އެ މަޝްވަރާތައް ނިންމާލީ މަތިގެ ނުއުފައްދާގޮތަށް. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވަރަށް ބޮޑު ޒިންމާއެއް އޮތް ބައެއް.

01 އެޕްރީލު 2017 | 22:22

މިއަދު ރައްޔިތުންނަށް އޮތީ ދެ ޗޮއިސްއެއް: އަބްދުﷲ ކަމާލުއްދީން

މިއަދު ޤައުމުގެ ހާލަތު އޮތް ގޮތުން ރައްޔިތުންނަށް އޮތީ ދެ ޗޮއިސް. އެއް ޗޮއިސްއަކީ އެއްވެސް ކަމެއް ނުވާކަމަށް ދެކި ގޭގައި އޮތުން. އަނެއް ޗޮއިސްއަކީ ޤައުމުގައި މި ހިނގާ ކަންކަމާއި ގުޅެގޮތުން ފުންކޮށް ވިސްނަމައި، ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން. އެ ޗޮއިސް ނޫންގޮތެއް ނެތް. ކޮންމެ މީހަކުވެސް އެއްވެސް މިހެއް ނުފޫޒެއް ނެތި، ޤައުމުގެ ކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރަންޖެހޭ. އެއީ އަޅުގަނޑުމެންގެ މައްޗަށް މިހަރު ކުރަން މަޖުބޫރުކަމެއްކަމަށް ބުނެވިދާނެ.

01 އެޕްރީލު 2017 | 22:18

ގިނަ ބަޔަކު އަންނަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި ބައިވެރިވަމުން

01 އެޕްރީލު 2017 | 22:16

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުން އިނގޭނެ ގާސިމް ރިސްވަތު ނުދެއްވާކަން

27 މާރޗުގައި ވޯޓާއިގައި ކަންހިނގާ ދިޔަ ގޮތާއި މެދު ވިސްނާލުމުން ހާމަވާނެ ގާސިމް އިބްރާހިމް ރިސްވަތު ނުދެއްވާކަން، އެ ވޯޓްގައި އިތުބާރު ނެތްކަމަށް ވޯޓް ދެއްވީ އެމްޑީޕީގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ، ދެން އިތުބާރު ނެތްކަމަށް ވޯޓް ދެއްވި މެމްބަރުންނަކީ މީގެ ކުރިން ވެސް އިތުބާރު ނެތްކަމަށް ވޯޓް ދެއްވާނެ ކަމަށް ވިދާޅުވެފައިވާކަން

01 އެޕްރީލު 2017 | 22:13

މާރިޔާ އަހުމަދު ދީދީ

ގާނޫނޫ އަސާސީގައި އަސާސީ ޙައްގުތަށް ލިއުނީ ވަރަށް ތަފްސީލުކޮށް، އެއްވެއުޅުމާއި ހިޔާލުފާޅުކުރާމާއި މިކަންކަން ވަނީ ލެފައި، އަޅުގަނޑުމެން ގަބޫލުކުރީ ދުނިޔޭގެ އެހެންތަންތަކޭ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވައުދުތަކެއް ހިފައިގެން އައިސް ޕާޓީ ސިސްޓަމް ހިންގުން ، އަޅުގަނޑުމެންނަން މިހާރު މިފެންނަނީ ސިޔާސީ ކަންކަމުގައި ، ސިޔާސީ ބޭފުޅުން އެކަހެރިކުރުމަށް ފުލުހުންގެ މުވައްސަސާ އާއި ދައުލަތުގެ މުވައްސަސާތަށް ރައީސް ޔާމީން ބޭނުންކުރާތަން ، މިހާރު މިފެނަންނަނީ ޕީޕީއެމްގެ މުސްތަސާރަށް ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭވަރު ކުރާތަން ،

01 އެޕްރީލު 2017 | 22:12

މިހާރު ވާހަކަދައްކަވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ

01 އެޕްރީލު 2017 | 22:04

ރައީސް ޔާމީން މިއދު ހުންނެވީ ގިނިކަންޏާކަން އެމަނިކުފާނު ހަނދާނުގައި ބަހައްޓަންޖެހޭނެ: ސިފާ

01 އެޕްރީލު 2017 | 22:03

އަޅުގަނޑު ކުށްވެރިކުރަން ރާއްޖޭގެ ކޮންސުލޭޓްތަކުން ކުރާ ކަންތައްތައް: ސިފާ

ބޭރުގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓްތަކުން ވަކި ބަޔަކު ރީރަޖިސްޓްރޭޝަން ކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށްގެންދަމުން. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޮޑެތި ތަފާތުކުރުންތައް ގެންގުޅެމުންގެންދާކަން ހާމަވެގެންދޭ. އެ ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެ. ދިވެހި ރައްޔިތުން ބޭނުންވަނީ އުފާވެރި ދިރިއުޅުމެއް އުޅުމަށް. ހަރަދުތައް ދެއްކެނެ ފަދަ ދިރިއުޅުމެއް އުޅުމަށް. ނަމަވެސް ހުރިހާ ކަމެއްގައި އޮތީ ކޮރަޕްޝަން. ކޮރަޕްޝަންގެ ތެރެއިން ހުރިހާ ކަމެއް ކުރާއިރު، ރާއްޖޭގެ ރަށްތައް އެގެންދަނީ ހުއްޓުމެއް ނެތި ވިއްކަމުން. ރައްޔިތުން އަދިވެސް ތިބެންޖެހިފައިވަނީ ނިކަމެތި ހާލުގައި.

01 އެޕްރީލު 2017 | 21:53

ރައްޔިތުންގެ އިތުބާރު މަސީހުއަށް ނެތްކަން ހާމަވެގެންދިޔަ: ސިފާ

ދިވެހިރާއްޖޭގެ އެންމެ ރައްޔިތުންގެ ނަމުގައި ހުރިހާ ލީޑަރުންނަށް ޝުކުރު ދަންނަވަމެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ގުޅިފައިވާ އިއްތިހާދަށް މަރުހަބާ ކިޔާ. ގުޅިފައިވާ އިއްތިހާދުގެ މަސައްކަތަށް ތާއީދުކުރޭ. 80 އަށްވުރެ ގިނަ އަދަދުގެ ރައްޔިތުން ތިބީ އިދިކޮޅު އިއްތިހާދާއެކުގައި. 27 މާރިޗު ވެގެން ދިޔައީ މި ސަރުކާރު ބޮލާ ފޮށާ އަޅަންޖެހުނު ދުވަހަކަށް. އެ ދުވަހަކީ ސަރުކާރަށް ވަރަށް ލަދުވެތި ދުވަހެއް. މަޖިލީހުގެ ރައީސަށް އިތުބަރު ނެތްކަން އެ ދުވަހު ހާމަވެގެންދިޔަ.

01 އެޕްރީލު 2017 | 21:49

ޖަލްސާ ފަށައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ ފަށައިފި އެވެ.

01 އެޕްރީލު 2017 | 21:10

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ޤައުމު އިސްލާހުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ ރެޔަކު އަންނަނީ މ. ކުނޫޒުގައި ޖަލްސާތައް ބާއްވަމުންނެވެ. ޖަލްސާގައި އަދާލަތު ޕާޓި، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ރައީސް މައުމޫނުގެ ފެކްޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.