Raajje.mv

އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ބާއްވާ ހާއްސަ ޖަލްސާ

31 މާރިޗު 2017
6477
އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ޖަލްސާގެ ތެރެއިން

އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ޖަލްސާގެ ތެރެއިން

31 މާރިޗު 2017 | 23:08

ޖަލްސާ ނިންމާލުން

ޝާހިދުގެ ވާހަކައަށްފަހު ޖަލްސާ މިވަނީ ނިންމާލާފަ.

ހދ. އަތޮޅުގެ ބައެއް ރަށްރަށް އެމްޑީޕީން ކުރާ މިދަތުރު މިވަނީ މިހާހިސާބުން ނިމިފަ އެވެ،

31 މާރިޗު 2017 | 23:05

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ހދ. އަތޮޅަށް މިކުރާ ދަތުރައި އެނެމް ފާހަގަވި ކަމަކީ ރައްޔިތުން މިސަރުކާރަށް ނުރުހުންވެފައި ތިބިކަން. އަޅުގަނޑުގެ ހަޔާތުގައި ރައްޔިތުން ކާން ބޭނުންކުރާ ކާޑުގެ ބާވަތްތަކުން އަގު ބޮޑުކޮށްފައެއް ނުވޭ.

ރައީސް ޔާމީން ރައީސް ކަމަށް ވަޑައިގެންނެވުނީ އަސާގަނޑެއްހެން ރައީސް މައުމޫންގެ ކޮނޑުގައި އެލިވަޑައިގަނެގެން. ނަމަވެސް މަގާމު ލިބުމާއެކު މިވަނީ އެއްފަރާތްކޮށްފަ. މިއީ ލަދުވެތި ކަމެއް.

އަޅުގަނޑުމެން ދެންވީ މިސަރުކާރާ ކުރިމަތިލާ މިސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރުން.

31 މާރިޗު 2017 | 22:41

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް. ސަރުކާރު ކެންޑިޑެޓުންނަށް ވޯޓްދިނުމަކީ ސަރުކާރުން ކުރަމުންދާ އަނިޔާއަށް އާއެކޭ ބުނުން.

ކުޅުދުއްފުށީގެ ވިޔަފާރިތައް މިސަރުކާރުން ނިކަމެތި ކޮށްފި. ފ. އަތޮޅު ވިއްކިޔަކަ ނުދޭނަން.

31 މާރިޗު 2017 | 22:27

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް

ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓް ހޯދަން އަންނަން ސަރުކާރު މެމްބަރު ލަދުގަންނަންޖެހޭ. ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނަށް ވޯޓް ދޭކަށް ނުޖެހޭ. ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލީ ސަރުކާރުން.

ސަރުކާެރުން ވާހަކަ ދައްކަން އަންނަން ބުނިނަމަވެސް ދެނެއް އެމްޑިޕީއެއް ނުދާނެ. އެމްޑީޕީގެ ކެންޑިޑެޓުން ވޯޓް ދެއްވާ، އެއީ މިއަނިއާވެރި ސަރުކާރު ނިމުމަކަށް ގެނައުމަށް.

31 މާރިޗު 2017 | 22:17

އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހީމް ވަހީދު

އަޅުގަނޑު އެންމެ ފުތަރަމަ ބަލާލާނީ އެޗްވަންއެންވަން ރޯގާއަށް. އެނެމެ ރިސްކުބޮޑު މީހުންގެ ތެރޭފައި 65 އަހަރުން މަތި މީހުން ހިމެނޭ. އެމްޑީޕީގެ ސަރުކާރުން ވަނީ 65 އަހަރުން މަތީގައި މީހުންނަށް ޕެންޝަނެއް ދޭންފަށާގަ. ހިލޭ ބޭސްފަރުވާ ވެސް ކޮށްދެވޭ. އެކަމަކު މިހާރު މިއުޅޭ ރޯގާގެ ވެކްސިން ވެސް މިސަރުން އެދަނީ ވިއްކަމުން.

ރާއްޖޭގެ ރަށެއްގައި ފުރަތަމަ ކެބިނެޓް ބައްދަލުވުމެއް ބޭއްވީ ކުޅުދުއްފުށީގައި، އެއީ އެމްޑީޕީން.އަދި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްވެސް ހިންގާފައިވޭ.

31 މާރިޗު 2017 | 22:01

އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ބާއްވާ ހާއްސަ ޖަލްސާ

ޖަލްސާ ފަށިގެން ކުރިއަށް ދާއިރާ މިހާރު ވާހަކަ ދައްކަމުން ދަނީ ހދ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އަހުމަދު އާތިފް

އާތިފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލާފަ. މިސަރުކާރުން ދަނީ ރައްޔިތުން ނިކަމެތި ކުރަމުން.

07 ފެބުރުއަރީ 2017 | 08:54

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާ. މިޖަލްސާގެ އެޖެންޑާގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ބިލް ހިމެނެ އެވެ.

07 ފެބުރުއަރީ 2017 | 08:53