Raajje.mv

އެމްޑީޕީން ހދ. ކުޅުގުއްފުށީގައި ބާއްވާ ހާއްސަ ޖަލްސާ

31 މާރިޗު 2017
6249
އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއްް ބޭފުޅުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން

އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއްް ބޭފުޅުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން

31 މާރިޗު 2017 | 21:44

ކުޅުދުއްފުށި ކައުންސިލް ކެންޑިޑޭޓް އަބްދުއްލަތީފް ހަސަން

ރައީސް ނަޝީދުގެ ސަރުކާރުން ވަނީ ކުޅުދުއްފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފަ. ބައެއް ކަންކަން ނިންމާފައިވޭ. ހިންގަމުންދިޔަ ހުރިހާ މަޝްރޫއުތަކެއް މިސަރުކާރުން ވަނީ ހުއްޓާލާފަ. މިސަރުކާރުން ވެފައިވާ ވައުދުތައްވެސް ފުއްދާފައެއް ނުވޭ.

މިސަރުކާރުން ވަނީ ދަނީ ރައްޔިތުން ނިކަމެތި ކުރަމުން. މިސަރުކާރު އައިފަހުން ކޮންމެ އަހަރަކު ތިން ފިހާރަމި ކުޅުދުއްދުށިން ވެސް ބަންދުކުރޭ

31 މާރިޗު 2017 | 21:34

ޖަލްސާ ފެށުން

އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ މިޖަލްސާ ފެށީ ކީރިތި ޤުރްއާނުގެ ބަރަކާތުން. ޤުރްއާން ކިޔަވައިދެއްވީ އިބްރާހީމް ހަސަން.

ޖަލްސާ ތައާރަފް ކޮށްދެއްވީ މުހައްމަދު އައިމަން.

31 މާރިޗު 2017 | 21:22

އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ބާއްވާ ހާއްސަ ޖަލްސާ

އެމްޑީޕީން ކުޅުދުއްފުށީގައި މި ރޭ ބާއްވާ ޖަލްސާއަކީ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޖާބުގެ ކެމްޕެއިން ޖަލްސާ އެއް. ، މިޖަލްސާއަށް އެމްޑީޕީ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.